ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
ނަޑެއްލާ ސުކޫލު ހޯލު ޢިމާރާތުގެ ދެ ފަރާތް ބަންދުކުރުމާއި ގުޅޭ

ނަޑެއްލާ ސުކޫލު ހޯލު ޢިމާރާތުގެ ދެ ފަރާތް ބަންދުކުރުމާއި ގުޅޭ 

02 މާރިޗް 2022 ގައި ކުރެވުނު އިޢުލާނަށް ޝަރުތު ހަމަވާ ހުށަހެޅުމެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

          ނަޑެއްލާ ސުކޫލުގެ ހޯލު ޢިމާރާތުގެ ދެ ފަރާތުގައި އެލްމެނިޔަމް ދޮރާއި ދޮރުފަތް ހަރުކޮށް ބަންދުކުރުމަށް ބޭނުންވެއެވެ. މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

          މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް މި މަޝްރޫޢާއި ބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނެ ލިއުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6840064 މިނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

                                 

މައުލޫމާތު ދިނުން

އަންދާސީ ހިސާބު ބަލައިގަތުން

ތާރީޙް: 24 މާރިޗު 2022

ތާރީޙް: 04 އޭޕްރީލް 2022

ގަޑި: 10:30

ގަޑި 10:30

ތަން: ނަޑެއްލާ ސްކޫލް

ތަން: ނަޑެއްލާ ސްކޫލް

 

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.                       

 

20 މާރިޗު 2022
ހޯދާ