ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ވަށަފަރުން ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަމްބަރ: (IUL)250-cb/250/2021/35 (06 ޖޫން 2021) އިޢުލާނާއި ގުޅޭ

ހއ.ވަށަފަރުން ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަމްބަރ: (IUL)250-cb/250/2021/35 (06 ޖޫން 2021) އިޢުލާނާއި ގުޅޭ

 

މި ކައުންސިލުން 2021 ޖޫން 06 ވަނަ ދުވަހު މިރަށުން ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ގޯއްޗަށްއެދި ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓްދީ ފޯމްތަކުގެ މަސައްކަތް ކުރުމަށް ވަށަފަރު ކައުންސިލް އިދާރާއިން އެކުލަވާލި ގޯތި ކޮމިޓީގެ މަސައްކަތްތައް އެކިއެކި މަރުހަލާތަކުގައި ވަނީ ކުރެވިފައެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ހުށަހެޅިފައިވާ ފޯމުތައް ބަލައި ޗެކްކުރުމުން ވަރަށް ގިނަފަރާތްތަކެއްގެ ހައްޤުތަކެއް ގެއްލޭކަމަށް ފާހަގަ ކުރެވިފައިވެއެވެ. އަދި ގިނަ ޤާނޫނީ ފުށުއެރުންތަކެއް ހުރިކަމައް ކޮމިޓީގެ އަޤުލަބިއްޔަތުން ފެންނާތީ، 2021 ޖޫން 06 ވަނަ ދުވަހު ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނު ނަންބަރ: (IUL)250-cb/250/2021/35 ބާތިލް ކުރުމަށް 2022 ފެބްރުވަރީ 21 ވަނަ ދުވަހުގެ ރޭ ބޭއްވި ގޯތި ކޮމިޓީގެ ބައްދަލުވުމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 09 މެންބަރުގެ ތެރެއިން 07 މެންބަރުންގެ ވޯޓުން އިޢުލާނު ބާތިލްކޮށް ޕޮއިންޓްދޭ އުޞޫލާއި އިޢުލާނު އިސްލާހުކޮށް އަލުން އިޢުލާނުކުރުމަށް ފާސްކޮށްފައިވާތީ، ހއ.ވަށަފަރުން ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު (ނަމްބަރ:(IUL)250-cb/250/2021/35 2021 ޖޫން 06) އިޢުލާނު ވަނީ ބާތިލްކުރެވިފައެވެ. އަދި ޕޮއިންޓްދޭ އުސޫލާއި އިޢުލާނު އިސްލާހުކޮށް އަލުން މިރަށުން ގޯތި ދޫކުރުމަށް އިޢުލާނު ކުރެވޭނެއެވެ.

ހއ.ވަށަފަރުން ބަންޑާރަ ގޯތި ދޫކުރުމަށް 2021 ޖޫން 06 ވަނަ ދުވަހު މި ކައުންސިލުން ކުރެވުނު އިޢުލާނު ނަމްބަރ: (IUL)250-cb/250/2021/35 ގައި ފާހަގަ ކުރެވިފައިވާ ކަންތައްތައް

  • ގޯތި ދޫކުރުމުގެ އުޞޫލްގެ 4 ވަނަ ނަންބަރުގައި ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް މީހަކަށް ދީ ނުވަތަ ވިއްކާފައިވުން
  • އެއްފަރާތައްވުރެ ގިނަ ފަރާތްތަކަށް ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް ނުވަތަ އިމާރާތެއްނަމަ، ގޯއްޗަށް އެދޭފަރާތުން ޖެހޭނީ ދެންތިބި ބެހެނިވެރިންނަށް ގޯތި ދޫކޮށްލާށެވެ. ގާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމާ ގުޅިގެން، 600 އަކަފޫޓައްވުރެ ކުޑަބިންތައްވެސް މިލްކުކުރެވޭ ގޮތަށް ކަނޑައަޅާފައިވާތީ އާއި، އަދި ބިމާބެހޭ ޤާނޫނުގެ މަފްޙޫމަކީ އެއް ފަރާތަކަށް 2 ބޯހިޔާވަހިކަމެއް ނުލިބުންކަމުގައިވާތީ، އެއްފަރާތައްވުރެ ގިނަ ފަރާތްތަކަށް ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބިފައިވާ ފަރާތްތަކަށްވެސް އަމަލަކުރާނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.  މިބައި ހިމަނާފައި ނުވުން
  • ގޯތި ދޫކުރުމުގެ އުޞޫލްގެ 8 ވަނަ ނަންބަރުގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުމާއި މިފަދަތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 02 އަހަރުތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން
  • ގޯތި ދޫކުރުމުގެ އުޞޫލްގެ 4 ވަނަ ނަންބަރުގައި އެގޮތައް ބުނެފައި ވަނިކޮށް 8 ވަނަ ނަންބަރުގައި އެހެންގޮތަކަށް ބުނެފައިވުމުން އެ މާއްދާގައި ފުށުއެރުން ހުރިކަމަށް ފާހަގަވުން
  • ގޯތި ދޫކުރުމުގެ އުޞޫލްގެ 8 ވަނަ ނަންބަރުގައި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް (އެމީހެއްގެ ނަމުގައި) މިހެން އޮތުމުން ގޯއްޗައް އެދި ފޯމުލީމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައި އޮވެމެ ގޯއްޗަށް އެދުނުމީހާއަށް ގޯއްޗެއް ލިބުމުގެ ފުރުސަތުއޮތުން
  • ޕޮއިންޓް ދިނުމުގެ އުސޫލުގައި ޖުމްލަ 100 ޕޮއިންޓް ހަމަނުވާކަން ފާހަގަވުން
  • "ޕޮއިންޓް އުނިކުރުން" މި މާއްދާގެ 6.1.2 ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި 1500 އަކަފަފޫޓަށްވުރެ ކުޑަނަމަ 20 ޕޮއިންޓް އުނިކުރެވޭގޮތަށް އޮތުމުން އެންމެ ކުޑަވެގެން ނިމޭނެ އަދަދެއް ބުނެފައި ނެތުން

ވީމާ، މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

20 މާރިޗު 2022
ހޯދާ