މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ

ނަމްބަރ :  05/AFC/HR/2022

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޑެޕިއުޓީ މެނޭޖަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމެންޓް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ސ.ހުޅުމީދޫ

އަސަސީ މުސާރަ:

8000 ރުފިޔާ (އަށް ހާސް ރުފިޔާ)

އިތުރު ޢިނާޔަތްތައް:

 

  • ސާވިސް އެލަވަންސް:4800 ރުފިޔާ ( އަސާސީ މުސާރައިގެ %60)
  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 
  • ކޮއްތުފައިސާގެ ގޮތުގައި ދުވާލަކަށް 60 ރުފިޔާ ދެވޭނެއެވެ.

ޝަރުޠު:

  • އެކައުންޓިންގެ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއި އެކު މަޤާމާއި ގުޅޭ ދާއިރާއެއްގައި 05 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • އިންވޮއިސް އަދި ރިސިޕްޓް ފަދަ ލިޔެކިޔުންތައް އެއާއި ގުޅޭ އެކައުންޓް ތަކުގައި ތަރުތީބުކުރުން.
  • ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. އެގޮތުން އެކްއުންޓްސް ޕޭޔަބަލެ އަދި ރިސީވަބަލް ފަދަ ޓްރާންސެކްޝަންތައް ޖެނެރަލް ލެޖަރ އަދި ޖާރނަލްގަ ރެކޯޑު ކުރުން.
  • ކުންފުނީގެ ދަރަނީގެ މިންވަރު ބަލަހައްޓާ އަދި އެހެންފަރާތްތަކުން ކުންފުނަޏަށް ދައްކަންޖެހޭ ދަރަނި ވީ އެންމެ އަވަހަކަށް ލިބޭތޯ މަސައްކަތްކުރުން.
  • ކޮންމެ މަހެއްގެވެސް ކޭޝްފްލޯ ރިޕޯޓްތަކާއި، ޕޭރޯލް ރިޕޯޓްތައް،  އޭއާރު އަދި އޭޕީ ރިޕޯޓްތައް ރިކޮންސައިލް ކުރުން.
  • ބިލް ހެދުމާއި ބިލް ދޫކުރުމާއި އަދި ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތައް ލަހުން ހަދަންޖެހޭ އެކައުންޓްތަކުގެ ފޮލޯއަޕްހެދުން .
  • އެކި އެކި ފަންޑްތަކުގެ ޚަރަދުތައް ބަލަހައްޓާ އަދި ބެލެންސް ކުރަންޖެހޭ މުއްދަތުތަކުގައި ބެލެންސްކޮށް ބޯޓްފަހަރުތަކުގެ ފައިސާގެ ފަންޑްތަކާއި އަދި އެހެނިހެން ފަންޑުތައް ރަނގަޅަށް ބެލެހެއްޓުން.
  • ސްޓެޓިސްޓިކްސް އަދި ހަދަން ޖެހޭ އެކިއެކި ރިޕޯޓްތައް ހެދުމަށް ބޭނުންވާ އެކައުންޓިންގް ސަމަރީތަކާއި އަދި އޭގެ ރިޕޯޓްތައް ތައްޔާރުކުރުން.
  • ފައިނޭންޝިއަލް އޮޑިޓަށް ތައްޔާރުވުމުގެ ގޮތުން އަދި ފައިނޭންޝިއަލް ރިޕޯޓްތައް ތައްޔާރުކުރުމުގައާއި، ބަޖެޓްތަކާއި އަދި އެނޫންވެސް ފައިނޭންޝިއަލް ސްޓޭޓްމެންޓްތައް ތައްޔާރުކުރުމުގައި އެކައުންޓެންޓަށް ފުރިހަމަ އެއްބާރުލުން ދިނުން.
  • ކުންފުނިން ކަސްޓަމަރުން ކުރާ އެކިއެކި ވިޔަފާރިތަކަށް ބިލް ހަދާ އަދި ބިލް ދޫކުރުން. އެގޮތުން ޖޮބްއޯޑަރު މަސައްކަތަށް، ބޮނެފެނެ ގަންނަ ފަރާތްތަކަށް، ކެއުމާއި އެކޮމަޑޭޝަން ހޯދާފަރާތްތަކަށް، ފެނާއި ތެލާއި އަދި އެހެނިހެން ވިޔަފާރިކުރާ ފަރާތްތަކަން ބިލް ހެދުމާއި ބިލް ދޫކުރުން.
  • ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ކުންފުނިން ދޫކޮށްފައިވާ ފައިސާ ވަރަށް ގާތުންބަލައި އަދި ރެންޑަމްކޮށް ފައިސާ ހަމަޔަށް ހުރިތޯބަލަން ގުނުން.
  • ކުންފުނީގެ އެކި އެކި ޑިޕާރޓްމެންތަކުގެ މަސައްކަތްތަށް ކޯސްޓިންގް ރިޕޯޓްތައް ތައްޔާރުކުރުން. އެގޮތުން ޕޮރޮޑަކްޝަން، ވޯކްޝޮޕް، އޮޕަރޭޝަން އަދި ކުންފުނިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް ހިމެނެއެވެ.
  • އައްޑޫގެ ބެލުމުގެ ދަށުގައިވާ އެކިއެކި އައިސްޕްލާންޓްތަކާއި ފިހާރަ އަދި ފެރީގެ ޚިދުމަތްދޭ ފަރާތްތަކާއި ރަނގަޅަށް މުއާމަލާތްކޮށް، އެތަންތަނުގެ ވިޔަފާރި  އަދި ފައިސާގެ މުއާމަލާތް މޮނިޓަރ ކޮށް އަދި ދުވަހުން ދުވަހަށް ނުވަތަ މަހުންމަހަށް ކުރަންޖެހޭ ކޭޝް ޑިސްބާރސްމެންޓްކުރުން.
  • ކުންފުނީގެ ބޭނުންތަކަށް ފައިސާ ހމަޖެއްސުމަށް ބޭންކްތަކާއި ކުރަންޖެހޭ މުއާމަލާތް ސިޓީ، އީމެއިލް އަދި ފެކްސްގެ ޒަރީއާއިން ކުރުން.
  • ފައިލް ކުރަންޖެހޭ ހުރިހާ ލިޔެކިޔުންތައް ތަރުތީބުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ
    • އީމެއިލް ކުރައްވާނީ  [email protected]
    •             [email protected]
    • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 24 މާރިޗް 2022 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
    • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ސ. ހުޅުމީދޫގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

19 މާރިޗު 2022
ހޯދާ