ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ 09 ވަނަ ޤުރުއާން މުބާރާތް ބޭވުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

 

              މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ، ކުޑަހުވަދޫ ކައުންސިލްގެ 09 ވަނަ ޤުރުއާން މުބާރާތް ބާވައިދޭނޭ ފަރާތެއް ބޭނުންވެއެވެ.

      ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިދީފައިވާ މަޢުލޫމާތާއެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.

1-      ބީލަމުގައި ރަޖިސްޓްރީކުރާނޭ ތާރީހް: 2022 މާރޗް 22 ން 2022 މާރޗ27ް ވަނަ ދުވަހުގެ ނިޔަލަށް

2-      ބީލަން ރަޖިސްޓްރީކުރާނީ ރަސްމީދުވަސްތަކުގައި ކޮންމެދުވަހެއްގެ ހެނދުނު 9:00 ން 12:00 ގެ ނިޔަލަށެވެ. ރަޖިސްޓްރީ ކުރާނީ މިއިދާރާއަށް ވަޑައިގެން އެކަމަށްއެދޭ ފޯމުންނެވެ.

3-      ޕްރޮޕޯސަލް ހުށަހެޅޭނީ ކުޑަހުވަދުއަށް ނިސްބަތްވާ ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކަށެވެ.

4-      ބީލަމުގައި ރަޖިސްޓްރީވުމުގެ ފީއަކީ 500.00 ރުފިޔާ.

5-      ބީލަމާގުޅޭ ޕްރީބިޑްމީޓިން އޮންނާނީ 2022 މާރޗް 28 ވަނަ ދުވަހުގެ 12:00ގައި ކުޑަހުވަދޫ މަލްޓިޕާޕާސް ޢިމާރާތުގައި.

6-      ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2022 މާރޗް 31 ވަނަދުވަހުގެ 12:00އެވެ. ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެ. އަދި ބީލަންތައް ހުށަހަހެޅުންއޮންނާނީ މަލްޓިޕާޕާސް އިމާރާތުގައެވެ.

7-      ބީލަންތައް ހުޅުވުން އޮންނާނީ 2022 މާރޗް 31 ވަނަދުވަހުގެ 12:00ގައި ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައި.

8-      ބީލަމާގުޅޭ އެންމެހާ ލިޔެކިޔުންތައް ބީލަމަށް ރަޖިސްޓްރީވާ ފަރާތްތަކަށް މެއިލްކުރެވޭނެއެވެ.

ވީމާމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 މާރިޗު 2022
ހޯދާ