ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިހުރި ތަކެއްޗާއިގުޅޭ؛

ލަފާފުރާ މީހުންނާއި އާންމު ރައްޔިތުންނަށް އުނދަގޫވާގޮތަށް ބައެއް ފަރާތްތަކުން ގދ.ހޯނޑެއްދޫ ބަނދަރު ސަރަޙައްދުގައި ބައެއްތަކެތި ބަހައްޓާފައިވާތީ، އެކަމުގެ ޝަކުވާ އެކިގޮތްގޮތުން ރައްޔިތުންގެ ފަރާތުން ކައުންސިލަށް ހުށަހަޅަމުންދާތީ ދަންނަވަމެވެ. ހޯނޑެއްދޫ ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ އެކިފަރާތްތަކުގެ ތަކެތި މިކައުންސިލްގެ ޤަވާއިދު ނަންބަރ 2013/R-2083 "ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާއިދު" ގެ ދަށުން އެފަދަ މައްސަލަތައް ބަލައި، އެކަންކަމަށް ޙައްލު ހޯދުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއްކަމުގައި ވީހިނދު، މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި އެފަރާތްތަކުން ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިހުރި ތަކެތި ނެގުމަށް އަންގަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ މިދެންނެވި ޤަވާއިދާ އެއްގޮތަށް އެފަރާތްތަކަށް ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 މާރިޗު 2022
ހޯދާ