ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގއ. ދެއްވަދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާ ފާރުގައި ކުލަލުން

  ގއ.ދެއްވަދޫ މެޖިސްޓުރޭޓް ކޯޓުގެ ވަށާފާރުގައި ކުލަލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • ރަޖިސްޓްރީވުން: 23 މާރިޗު 2022 ، 13:00ގެ ކުރިން
  • މަޢުލޫމާތު ދިނުން: 24 މާރިޗު 2022، 13:00 ގައި
  • އަންދާސީ ހިސާބް ހުށަހެޅުމާއި ހުޅުވުން: 30 މާރިޗު 2022، 13:00 އަށް
  • މިމައްސަކަތުގައި ރެޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނުގެ ނަންބަރު ޖެއްސެވުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

                 ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ރަޖިސްޓްރީ ކުރެއްވުމައްފަހު، ގއ.ދެއްވަދޫ މެޖިސްޓުރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           އަދި ދަންނަވަމެވެ. މަސައްކަތުގައި ރެޖިސްޓަރ ނުވާ އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

‏‏                14ޝަޢްބާން‏ 1443

‏                17 މާރޗް‏ 2022

17 މާރިޗު 2022
ހޯދާ