ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނައަހަރު ރަމަޟާންމަހު މި ކައުންސިލްއިން ބާއްވާ ޤުރްއާން މުބާރާތް ސްޕޮންސާރ ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

        މި ކައުންސިލްއިން ކޮންމެ ރަމްޟާން މަހަކު ބާއްވަމުން އަންނަ ޤުރުއާން މުބާރާތް، މި އަހަރުވެސް ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް އޮންނާނީ 1443 ވަނަ އަހަރު ރަމަޟާން މަހުގެ ފަހު 10 ގައެވެ. މި މުބާރާތް ކުރިއަށްދާނީ 2 ގޮތްޕަކަށް ބަހާލާއިގެންނެވެ. މި މުބާރާތް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ ފަރާތްތައް ބަނޑިދޫގައި އިތުރުކުރުމާއި ޤުރްއާން ކިޔެވުމަށް އާއްމު ރައްޔިތުންގެ މެދުގައި ޝައުވެރިކަން އުފެއްދުން ހިމެނެއެވެ. އަދި ރަމަޟާން މަހަކީ އަޅުކަމުގެ މަސްވަރުކަމަށްވުމާއިއެކު ދީނީ ރޫޙާއި ވަޙްދަތު އާލާކުރުމަކީވެސް މި މުބާރާތް ރަމަޟާން މަހު ބޭއްވުމުގެ އެއްބޭނުމެވެ. މިފަދަ މުބާރާތެއް ބޭއްވުމަށް އާއްމު އެކި ފަރާތްތަކުގެ އެހީއާއި މަދަދު ބޭނުންވާ ހިނދު މި މުބާރާތް ސްޕޮންސަރ ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ     

    މުބާރާތުގެ ޓައިޓަލް ސޮޕޮންސަރ ކުރުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ -/60000 (ފަސްދޮޅަސް ހާސް) ރުފިޔާއެވެ.

                   ވީމާ، މިމުބާރާތް ސުޕޮންސަރކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހު 13.00 ގެ ކުރިން ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  1. ސުޕޮންސާއަށް ހުށަހަޅާ ފައިސާގެ އަދަދާއި އެހެނިހެން ކަންތައްތައް
  2. މުބާރާތުގެ ޓައިޓަލް ގޮތުގައި ހުށައަޅަން އެދޭގޮތް

                  މިމުބާރާތަށް 1 ފަރާތަށް ވުރެގިނަފަރާތްތަކުން ސުޕޮންސަރއަށް އެދި ހުށަހަޅައިފިނަމަ މުބާރާތް ހިންގާނީ އެންމެ ބޮޑު އެހީފުޅެއް ހުށަހަޅާ ފަރާތެއްގެ ނަމުގައެވެ.

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 މާރިޗު 2022
ހޯދާ