މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ކަނޑިތީމު އައުޓްޑޯރޖިމްގެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރުން

އިޢުލާން

ށ.ކަނޑިތީމު އައުޓްޑޯރޖިމްގެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރުން

 

މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ށ.ކަނޑިތީމު އައުޓްޑޯރޖިމްގެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 17 މާރޗް 2022 (ބުރާސްފަތި) ދުވަހުން ފެށިގެން 23 މާރޗް 2022 (ބުދަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/Y4aMRYz11qW5soKQ8

 

މަޢުލޫމާތު ދިނުން:

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 24 މާރޗް 2022ވާ (ބުރާސްފަތި) ދުވަހުގެ 12:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މަޢުލޫމާތު ދިނުމުގެ ޝެސަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފްކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 23 މާރޗް 2022ވާ (ބުދަ) ދުވަހުގެ 14:00ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ.

 

ބީލަން ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 27 މާރޗް 2022ވާ (އާދިއްތަ) ދުވަހުގެ 12:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިގަންނަގޮތަށް ވަނީ ހަމަޖެހިފައެވެ.

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

 

 

 

 

14 ސައުބާން 1443

17 މާރޗް 2022

17 މާރިޗު 2022
ހޯދާ