ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޭޅިފަށުން ބޮޑެތި ގަސްކެނޑުމާބެހޭ

ބައެއް ފަރާތްތަކުން ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތަކަށް ގެއްލުންދީ، ކަނޑައި ހަދާކަން މި ކައުންސިލަށް ފާހަގަކުރެވެއެވެ.

ވީމާ، ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ކެނޑުމާއި، އެންދުމާއި، ގެއްލުން ދިނުމަކީ މަނާކަމެއްކަމުގައި އަންގަމެވެ. އަދި ހޭޅިފަށަށް ހިމެނޭ ސަރަޙައްދުން ތަންތަން ކޮށައި އަލިކުރުމަކީވެސް މަނާކަމެކެވެ. މިއާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލަށް ލިބިއްޖެނަމަ، އެފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަވެސް ދެންނެވީމެވެ.         

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 މާރިޗު 2022
ހޯދާ