މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ބަހައްޓާފައިވާ އެކިފަރާތްތަކުގެ މުދާ ނަގާ ސާފުކުރުމާއި ގުޅޭ

ނ. ކެނދިކުޅުދޫ ބަނދަރު ސަރަހައްދުގައި އެކި ފަރާތްތަކުން ބަހައްޓާފައިހުރި އެކިބާވަތްތަކުގެ މުދާ ނަގާ އެސަރަހައްދު ސާފުކުރުމަށް ދަންނަވަމެވެ. އަދި އެފަދަ ގޮތަކަށް ބެހެއްޓިފައިވާ މުދާ އެސަރަހައްދުން ނަގާ އޭގެ މަސްޢޫލުވެރި ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދަން ދަތިވާނަމަ ބަނދަރުގެ އުތުރު ނުވަތަ ދެކުނުކޮޅުގައި އޮތް ހުސްބިމަށް އެތަކެތި ބަދަލުކޮށްދެއްވުމަށް ދަންނަމަވެ.

ވީމާ، 22 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެފަދަ ހުރިހާ މުދަލެއް ބަނދަރުން ނަގާ ސާފުކުރުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ނިޔަލަށް އެސަރަހައްދުން ނަގާފައިނުވާ ތަކެތި ކައުންސިލުގެ ފަރާތުން ނަގާ، ކައުންސިލުގެ ބެލުމުގެ ދަށަށް އެތަކެތި ގެންނާނެ ވާހަކަވެސް ދަންނަވަމެވެ. އަދި މިމަސައްކަތުގެ ތަރޭގައި، އެދަފަ މުދަލަކަށް ލިބޭ އެއްވެސް ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

16 މާރިޗު 2022

16 މާރިޗު 2022
ހޯދާ