މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލުން.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަކީ ކޮންމެ އަހަރަކު ވެސް ވަކި އުސޫލެއްގެ ތެރެއިން މި އިނާމަށް ކުރިމަތިލާ ނޫސްވެރިންނަށް މި ކައުންސިލުން ދޭ އިނާމަކެވެ. ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގެ މަޤުޞަދަކީ، މީޑިއާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް، ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުންދޭ ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގެންދިޔުމާއި، ނޫސްވެރިންގެ މެދުގައި އިތުބާރު ދެމެހެއްޓުމެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަކީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުގެ ކުރިން މި އުސޫލު އިސްލާހު ކުރުމުގެ މަސައްކަތް މިކައުންސިލުން ދަނީ ކުރަމުންނެވެ. މިގޮތުން މި އުސޫލަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު އާއްމުން ނަށް ހުޅުވާލަމެވެ.

ވީމާ، މި އުސޫލަށް އިސްލާހު ހުށަހަޅަން ބޭނުންވާ ފަރާތެއް ހުރިނަމަ 24 މާރިޗް 2022 ގެ ނިޔަލަށް މި އިއުލާނާއެކު ހީރަސް ކޮށްފައިވާ ފޯމެޓު ގައި އިސްލާހުތައް ހުށަހެޅުން އެދެމެވެ. ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގެ ޑްރާފްޓް މި އިއުލާނާއެކު ހީރަސް ކުރެވިފައިވާނެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.

  14  شَعْبَان 1443

16 މާރިޗު 2022
ހޯދާ