މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑީސަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކައުންސިލްގެ ފަރާތުން އޮޕަރޭޓް ކުރަމުންދާ ރައްޔިތުންގެ ނަފާ ދޯންޏާއި ޕިކަޕަށް ބޭނުންވާ ޑީސަލް 2 އަހަރު ދުވަހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް މާލެއިން ވަޑައިގެންނެވެން ނެތް ފަރާތްތަކަށް މިއިދާރާގެ ނަންބަރު 6642024 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ. އަދި އަންދާސީހިސާބު އެނަންބަރަށް ފެކްސް ކުރެއްވޭނެއެވެ.

މަޢުލޫމާތު ސާފުނުކުރައްވައި ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދެންނެވީމެވެ.

2 ޛުލްޤަޢިދާ 1435

28 އޮގަސްޓް 2014
ހޯދާ