ދިވެހިރާއްޖެ
ހއ. ބާރަށުގައި އައުޓްޑޯރ ޖިމް ޤާއިމު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، ކޮންސެޕްޓާއި އެއްގޮތަށް އައުޓްޑޯރ ޖިމްގައި ބަހައްޓަންޖެހޭ ތަކެތި ދިނުމުން އަމިއްލަ ތަކެތީގައި އެ ތަކެތި ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުއްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް (އަގުހުށަހަޅާ ފޯމް) ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ފޮނުވޭނެއެވެ.
ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މައުލޫމާތު ފޮނުއްވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ. ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި ނުވަތަ އިދާރާއަށް ހުށަހަޅާ ލިޔުންތަކުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަމްބަރު: (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ބީލަން ހުށަހަޅާފަރާތުގެ/ކުންފުނީގެ/ ވިޔަފާރީގެ ނަމާއި ރަޖިސްޓްރޭޝަން ނަމްބަރު: (ރަޖިސްޓްރީގެ ކޮޕީއަކާއި އެކު ފޮނުވުމަށް)
- ގުޅޭނެ ފޯނު ނަމްބަރު:
- އީ މެއިލް އެޑްރެސް: (ބީލަން ފޮތް ފޮނުވާނެ އީމެއިލް)
- އީ މެއިލް ފޮނުވާ ފަރާތުގެ ނަމާއި މަޤާމް:
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން. |
21 މާރިޗް 2022 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް |
ޕްރި-ބިޑް ބައްދަލްވުން. |
22 މާރިޗް 2022 ވަނަ ދުވަހުގެ 11.00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި. |
ބީލަން ބަލައިގަތުން. |
30 މާރިޗް 2022 ދުވަހުގެ 11.00 ގެ ނިޔަލަށް. |
ބީލަންތައް ހުޅުވުން. |
30 މާރިޗް 2022 ވަނަ ދުވަހުގެ 11.00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި. |
ޕްރީ- ބިޑް ބައްދަލްވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުއްވުމަށް އަދި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު
ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016، 6500173 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވ
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
13 ޝަޢުބާން 1443
16 މާރިޗް 2022