މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގެ ދަށުން ރައްޔިތުންނާއި ބައްދަލުކުރުން.

  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ބައްދަލުވުން 24 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:30 ގައި ލޮނުޒިޔާރަތް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  ވީމާ، މި ބައްދަލުވުމަށް މާލެ ސިޓީގެ ރައްޔިތުންނަށް ދައުވަތު އަރުވައި، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15 މާރިޗު 2022
ހޯދާ