ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުގެ ނަރުދަމާ ރަށުގެ މެއިން ނަރުދަމާ ނިޒާމާއި ގުޅުވާލުން.

މި އިޢުލާންވަނީ 21 މާރިޗު 2022 15:58 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ކޯޓުގެ ނަރުދަމާ ރަށުގެ މެއިން ނަރުދަމާ ނިޒާމާއި ގުޅުވާލުން.

 

ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭނުންކުރަމުންދާ ނަރުދަމާ، ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ރަށުގެ މެއިން ނަރުދަމާ ނިޒާމާއި ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 މާރޗް 2022 ވާ ބުދަ ދުވަހު 13:00 އަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 27 މާރޗް 2022 ވާ އާދީއްތަ ދުވަހު 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޓެލެފޯން ނަންބަރު : 6840131 އަށް ގުޅުއްވުން އެދެމެވެ.

 

12 ޝަޢުބާން 1443

15 މާރޗް   2022

15 މާރިޗު 2022
ހޯދާ