ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙާފިޒުންނަށް ކައްކާ ކާންދިނުމާއި ދޮވެ އިސްތިރި ކުރުން.

ނަންބަރ: (IUL)258/258/2022/21

 

އިޢުލާން

ޙާފިޒުންނަށް ކައްކާ ކާންދިނުމާއި ދޮވެ އިސްތިރި ކުރުން.

 

1443 ވަނަ އަހަރުގެ ރަމަޟާންމަހު ހަނިމާދޫ މިސްކިތްތަކުގައި ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޒުން، ގެންނަ ތާރީޚުންފެށިގެން ރަށުންފުރާ ތާރީޚާއި ހަމައަށް (ރަމަޟާންމަހު) ޙާފިޒުންނަށް ކައްކާ ކާންދިނުމާއި، ދޮވެ އިސްތިރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2022 މާރޗް 23 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 މާރޗް 27 ވަނަ ދުވަހުގެ 10:30 މިއިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

12 ޝަޢުބާން 1443

15  މާރޗް  2022

15 މާރިޗު 2022
ހޯދާ