ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދަށް އަމަލުނުކުރާ ފަރާތްތަކަށް ގަވާއިދުން ފިޔަވަޅު އެޅުން

ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނޭ މިބިޔުރޯގެ 'ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދު' 20 ޖުލައި 2014 ގައި ގެޒެޓުކުރުމާ ގުޅިގެން އެގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުމެއް ކްލެސިފައިނުކޮށް ޢާންމުކުރުމަކީ މަނާކަމެކެވެ. އަދި މި ގަވާއިދަށް ޢަމަލުކުރަން ފެށުމާ ގުޅިގެން 20 ޖުލައި 2014 ގެ ކުރިން ކްލެސިފައިނުކޮށް ހުރި އުފެއްދުންތައް 180 ދުވަހުގެ ތެރޭގައި (24 ފެބުރުވަރީ 2015 ގެ ކުރިން) 'ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދު' އާ އެއްގޮތަށް ކްލެސިފައިކުރުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ގަވާއިދަށް އަމަލު ނުކުރާ ފަރާތްތަކަށް ގަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިބިޔުރޯގެ 3312900 ނުވަތަ 3312901 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

02 ޛުލްޤަޢިދާ 1435

28 އޮގަސްޓް 2014
ހޯދާ