ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ފެކަލްޓީ އޮފް ހެލްތް ސައިންންސަސްގައި ޤާއިމްކޮށްފައިވާ 2 ބްރޭންޑެއްގެ (ސެންޔޯ އަދި ހައިސަންސް ) ވީ.އާރު.ވީ ސިސްޓަމަށް ދިމާވެފައިވާ މައްސަލަތައް ބަލައި އެކަންކަން މަރާމާތުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ

އިޢުލާން

 

 

                                                                                                                                                                                                                                                                                                                                                       ނަންބަރު:MNU-CA-FM/2022/08

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ  ފެކަލްޓީ އޮފް ހެލްތް ސައިންންސަސްގައި ޤާއިމްކޮށްފައިވާ 2 ބްރޭންޑެއްގެ (ސެންޔޯ އަދި ހައިސަންސް )   ވީ.އާރު.ވީ ސިސްޓަމަށް ދިމާވެފައިވާ މައްސަލަތައް ބަލައި އެކަންކަން މަރާމާތުކުރުމުގެ މަސައްކަތް  ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.


          ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ  ފެކަލްޓީ އޮފް ހެލްތް ސައިންންސަސްގައި ޤާއިމްކޮށްފައިވާ 2 ބްރޭންޑެއްގެ (ސެންޔޯ އަދި ހައިސަންސް )   ވީ.އާރު.ވީ ސިސްޓަމަށް ދިމާވެފައިވާ މައްސަލަތައް ބަލައި އެކަންކަން މަރާމާތުކުރުމުގެ މަސައްކަތް  ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް  ކުރެވުނު އިޢުލާން ނަންބަރު:MNU-CA-FM/2022/06  (23 ފެބްރުއަރީ 2022 )   އިން އެދެވޭ ތަރުހީބެއް ލިބިފައި ނުވާތީ މި އިއުލާން ބާތިލްކޮށް އަލުން މިފުރުޞަތު ހުޅުވާލުމުގެ ގޮތުން  މިމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން

         މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާން އާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ސިސްޓަމްތައް ބެލުމަށް  މަޢުލޫމާތު ދިނުމުގެ ސެޝަންއެއް  20 މާރިޗު 2022  ވާ  ދުވަހު   11:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓި އޮފް ހެލްތް ސައިންސަސް /ހަނދުވަރީ ހިނގުން ، މާލެ ގައި އޮންނާނެއެވެ .އެދުވަހު އަންނަ ފަރާތްތަކަށް ސިސްޓަމް ޗެކްކުރުމަށް ދުވަސް ކަނޑައެޅުން އޮންނާނެއެވެ . މިސެޝަންއައް  ހާޒިރުނުވެވޭ ފަރާތްތަކަށްވެސް  އަންދާސީ ހިސާބު ހުށަހެޅޭނެއެވެ.

ބީލަން ބަލައިގަތުން

                  ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  24 މާރިޗު 2022  ވާ  ދުވަހު   13:30   ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓި އޮފް ހެލްތް ސައިންސަސް /ހަނދުވަރީ ހިނގުން ، މާލެ މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

                ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ ޞައްޙަ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

              މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

  • 3345192 ،3345134

             އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. 

 

 

ނޯޓް:
           ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

 

 

15 މާރިޗު   2022                 

15 މާރިޗު 2022
ހޯދާ