މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން އެކަމަޑޭޝަން ބްލޮކްގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ނ. ކެނދިކުޅުދޫ ޕޮލިސް ސްޓޭސަންގެ އެކަމަޑޭޝަން ބުލޮކްގެ މަސައްކަތްތައް މިކައުންސިލުން ފޯރުކޮށްދޭ ކުރެހުމާއި، ސްޕެސިފިކޭސަންއާއި އެއްގޮތަށް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށައެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މިއިދާރާގައި ކުރިއަށް ދާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.

ތަފްޞީލް

ތާރީޚާއި ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

17 މާރިޗް 2022، 13:00

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން

23 މާރިޗް 2022، 13:00

 

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 20 މާރިޗު 2022 ވާ (އާދީއްތަ) ދުވަހުގެ  11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.[email protected]

ނޯޓް: މި ބީލަމުގައި ބީލަން ހުށައެޅުމުގައި މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެވެ.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

  • ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ޕްރޮޕޯސަލް.
  • މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު.
  • މަސައްކަތްތައް ފުރިހަމަ ކޮށްދިނުމަށް ހޭދަވާނެ މުއްދަތު.
  • ބިޑް ހުށަހަޅަނީ ކުންފުންޏަކުން ނުވަތަ އިންވެސްޓްްމަންޓަކުން ނަމަ އެފަރާތުގެ ޕްރޮފައިލް.
  • މަސައްކަތާއިގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހިންގާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު.
  • މަސައްކަތުގައި ބައިވެރިވާ ބޭފުޅުންގެ ނުވަތަ ކުންފުނީގެ މުވައްޒަފުންގެ ވަނަވަރު.
  • ފުރިހަމަ ކުރެވިފައިވާ ބީލަން ފޯމް (ކައުންސިލުން ފޯރުކޮށްދޭ ޖަދުވަލު)

 

އިތުރު މަޢުލޫމާތު:

  • ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، ނ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހެޅި ފަރާތުގެ މައުލޫމާތު އަދި "ނ. ކެނދިކުޅުދޫ ޕޮލިސް އެކަމަޑޭޝަން ޕްރޮޖެކްޓް" މިހެން ލިޔެ އިޢުލާނު އިޢުލާން ނަންބަރު ލިޔަންވާނެއެވެ.
  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތައް ކައުންސިލުން ކަނޑައަޅާ މިންގަނޑަށް ނުފެތޭނަމަ މި އިޢުލާނު ބާތިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

 

ހުށައަޅުއްވާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމަށް ހަމަޖެހިފައިވާ މިންގަނޑު:

ތަފްޞީލް

ބުރަދަން (މާކްސް %)

މަސައްކަތް ކޮށްދޭވޭނެ އަގު

60

މަސައްކަތަށް ހޭދަވާނެ މުއްދަތު

30

މަސައްކަތުގެ ތަޖްރިބާ އަދި ފަންނީ ޤާބިލްކަމަށް

10

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

14 މާރިޗު 2022

14 މާރިޗު 2022
ހޯދާ