ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުންތައް ތިރީގައިވާ ޝެޑިއުލް އާއި އެއްގޮތަށް ބޭއްވުމަށް ވަނީ ހަމަޖެހިފައި(.)
ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ރޭވިފައިވާ ގޮތް:
ބައްދަލުވުން |
ތާރީޚް |
ތަން |
ގަޑި |
މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން |
21 މާރިޗު 2022 |
އިރުޝާދިއްޔާ ސްކޫލް |
20:30 |
ހުޅުދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން |
22 މާރިޗު 2022 |
ސ.އަތޮޅު މަދުރަސާ |
20:30 |
މީދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން |
23 މާރިޗު 2022 |
ސ.އަތޮޅު މަދުރަސާ |
20:30 |
ފޭދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން |
26 މާރިޗު 2022 |
ފޭދޫ ސްކޫލް |
20:30 |
ހިތަދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން |
27 މާރިޗު 2022 |
އައްޑޫ ހައި ސްކޫލް |
20:30 |
މިބައްދަލުވުމުގައި 2021 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، 2022 ވަނަ އަހަރު ހިންގުމަށް ރޭވިފައިވާ ކަންކަން ހިއްސާކުރެވޭނެއެވެ.
ވީމާ، މިބައްދަލުވުމުގައި އައްޑޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.
10 ޝައުބާން 1443