ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސާރވިސް ޗާޓަރ

 

 

 

#

ޚިދުމަތުގެ ނަން

ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މިންގަނޑު / ހޭދަވާނޭ ވަގުތު

 

1

ލިބޭ ސިޓީ އަދި ފޯމްތަކަށް ޖަވާބުދިނުން

  • ތިންދުވަހާ ފަސްދުވަސްތެރޭ ޖަވާބުދިނުން

 

2

ސިވިލްސާރވިސްގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް ޖަވާބުދިނުން

  • ވަޒީފާތަކަށް މުވައްޒަފުން ހޯދުމަށް ސަރުކާރުގެ ގެޒެޓްގައި އިޢުލާނުކުރުމުން އެޕްލިކޭޝަންފޯމާއި ލިޔުނަތައް ފޮނުވާނީ އީމެއިލް [email protected]   އަށެވެ.
  • އެޕްލިކޭޝަންފޯމާއި ލިޔުންތައް ލިބުނުކަން ޔަޤީން ކުރެއްވުމަށް ނުވަތަ މަޢުލޫމާތު ހޯދުމަށް ހިޔުމަންރިސޯސް މެނޭޖުމަންޓް ޝެކްޝަން (އެޗްއާރު) ގެ އީމެއިލް [email protected] އަށްލިޔުމުން، ނުވަތަ އެޗްއާރުގެ ފޯންނަންބަރ 6800703 ނުވަތަ ކޯލްސެންޓަރގެ ނަންބަރ ( 6800026) އަށް ގުޅުއްވުމުން ޖަވާބުދެވޭނެއެވެ.
  • އެޕްލިކޭޝަންފޯމާއި ލިޔުނަތައް ލިބުމުން އެތަކެތި ލިބިފައިވާކަން ބަންދުދުވަސްތައް ނުހިމަނައި ފަސްދުވަސްތެރޭގައި ލިޔުމަކުން އަންގާނެއެވެ،

 

3

ވަޒީފާއަދާކުރި މުވައްޒަފުންނަށް އެމުވައްޒަފުން އަދާކުރިގޮތުގެ ލިޔުން އެމުވައްޒަފުންނަށް ދޫކުރުން

  • މިކަމަށްއެދި ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] ހުށަހެޅުއްވުމުން އެފަރާތަކީ ހޮސްޕިޓަލްގައި ވަޒީފާއަދާކޮށްފައިވާ މުވައްޒަފެއްނަމަ ބަންދުދުވަސްތައް ނުހިމަނާ ފަސްދުވަސްތެރޭގައި އެފަރާތަށް ލިޔުން ދޫކުރެވޭނެއެވެ.

 

4

ހޮސްޕިޓަލުން އިޢުލާނުކޮށްފައިވާ ބިޑަކާބެހޭގޮތުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން

  • މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނޫންވާ ފަރާތްތަކުން މަޢުލޫމާތު ހޯދުމަށްއެދި [email protected]  އަށް އީމެއިލް ކުރެއްވުމުން، ބަންދުދުވަސް ނުހިމަނާ ފަސްދުވަސްތެރޭގައި ޖަވާބުދެވޭނެއެވެ.

 

 

5

ހޮސްޕިޓަލަށް ހުށަހަޅުއްވާފައިވާ ބިލްތަކާބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވާފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން

  • މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވާފަރާތްތަކުން އެކަމަށްއެދި [email protected] އަށް މެއިލް ކުރެއްވުމުން ބަންދުދުވަސް ނުހިމަނައި ފަސްދުވަސްތެރޭގައި ޖަވާބުދެވޭނެއެވެ.

 

6

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެދަށުން ހޯދަންއެދޭ މަޢުލޫމާތުދިނުން

  • މަޢުލޫމަތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާގޮތުގެމަތިން ހުށަހަޅާ ހުށަހެޅުންތަކަށް އެޤަވާޢިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޖަވާބު ދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6800585 އަށް ރަސްމީގަޑީގައި ގުޅުމުން ސާފްކޮށްދެވޭނެއެވެ.

 

7

ހޮސްޕިޓަލުން ނޫސްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން

  • ހޮސްޕިޓަލްގެ އެއްވެސް މައުލޫމާތެއް ހޯއްދެއްވުމަށް ގުޅުމުން އެކަމާ ގުޅުންހުރި ފަރާތަކަށް މައުލޫމާތު ހިއްސާކޮށް އެފަރާތަކުން ވަގުތާ ހާލަތައްބަލާ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

 

8

 

 

ގަންނަ ތަކެއްޗާއި ޚިދުމަތުގެ އަގު އަދާކުރުން

  • ބިލް ލިބޭތާ ރަސްމީ 14 ދުވަހުގެތެރޭގައި އަގު އަދާ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅޭނެއެވެ.

 

9

ދާނުގައިތިބޭ ބަލިމީހުނަށް ޒިޔާރަތްކުރުން

  • ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހު 9:00 – 12:00 ދާނުގައި ތިބޭމީހުނަށް (ރަޖިސްޓްރީ ކުރެވިފައި) ޒިޔާރަތްކުރާނެއެވެ.
  • ދާނުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރާ ކޮންމެ ދުވަހަކު ނަރުހުންގެ ޚިދުމަތްދޭނެއެވެ. އަދި މަހަކު އެއްފަހަރު ޑޮކްޓަރެއްގެ ޚިދުމަތްދެވޭނެއެވެ.

 

10

ސާފުތާހީރުކަމުގެ ސެޓްފިކެޓް ދޫކުރުން

  • ހޮޓާ،ކެފޭ،ރެސްޓޯރަންޓްގެ ސާފުތާހިރު ކަމުގެ ސެޓްފިކެޓް އާކުރާނަމަ މުއްދަތު ހަމަވުމުގެ 1 މަސްކުރިން ފޯމު ހުށަޅަންވާނެއެވެ.
  • މަސްވެރިކަންކުރާ އުޅަދުގެ ސާފުތާހިރޔކަމުގެ ސެޓްޕިކެޓް އާކުރާނަމަ މުއްދަތު ހަމަވުމުގެ 1 ހަފްތާކުރިން ފޯރމު ހުށައަޅަންވާނެވެ.
  • ސާފުތާހިރުކަމުގެ ސެޓްފިކެޓަށް އެދި ހުށައަޅާ ފޯރމު މިހޮސްޕިޓަލްގެ އޮފީސް ކައުންޓަރުން ލިބެންހުންނާނެއެވެ.

 

  • ޚިދުމަތަށްއެދި ފޯރމު ހުށައަޅާތާ 3 ދުވަހުގެ ތެރޭގައި އެތަނެއް ނުވަތަ އުޅަނދެއް އިންސްޕެކްޓް ކުރާނެއެވެ.

 

  • އިންސްޕެކްޓް ކުރުމަށްފަހު އިސްލާހުކުރަންޖެހޭ ކަމެއްވާނަމަ 3 ދުވަސްތެރޭގައި އެފަރާތަކަށް އެންގޭނެއެވެ.

 

  • އިސްޕެކްޓްކުރުމަށް ފަހު އިސްލާހުކުރަންޖެހޭ ކަމެއްނެތް ނަމަ 3 ދުވަސްތެރޭގައި ސެޓްފިކެޓް ދޫކުރެވޭނެއެވެ.

 

11

ޞިއްޙީ ދުޅަހެޔޮކަމަށް ހިންގޭ ކުލިނިކްޓައް

  • މާބަނޑުވުމާއެކު ޕަބްލިކް ހެލްތް ޔުނިޓުގެ މާބަނޑު މީހުންގެ ކްލިނިކްގައި ރަޖިސްޓްރީވެ ޕިންކް ކާޑު ނެގުން ( ރަޖިސްޓްރީވުމަށް ރަސްމީބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 ށް )

 

 

  • މާބަނޑު މީހުންގެ ކުލިނިކް
  •  މާބަނޑު މީހުންގެ ކުލިނިކް ކުރިއަށްދާނީ ކޮންމެ ހޯމަ ދުވަހެއްގެ 9:00 އިން 12:00 ށް
 
 

 

 

  • ވިހައިގެން އުޅޭ މައިން ކައިރިއަށް ޒިޔާރަތްކުރުން
  • ހޮސްޕިޓަލް އިން ދޫކުރާތާ ހަފްތާއެއްގެ ރެތޭގައި ފުރަތަމަ ޒިޔާރަތް ކުރާނެއެވެ.
 

 

 

  • ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް
  • ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް ކުރިއަށްދާނީ ކޮންމެ އަންގާރަ ދުވަހެއްގެ 9:00 އިން 12:00 ށް
 

 

 

  • އަލަށްކައިވެނިކުރާ ފަރާތްތަކަށް ކައުންސިލިންގ ދިނުން
  • ކޯޓުން ޙަވާލްކުރާ ސްލިޕް ޕަބްލިކް ހެލްތު ޔުނިޓާ ޙަވާލްކުރާތާ ބަންދުދުވަސްތައް ނުހިމަނައި ތިންދުވަސްތެރޭ މަޢުލޫމާތު ސެޝަންބޭއްވޭނެއެވެ.
 

 

12

ވެކްސިނޭޝަން

  • ކޮންމެ ބުދަ ދުވަހެއްގެ 9 ން 12 އަށް ކުރިއަށްގެންދެވޭނެއެވެ.
  • އަލަށް އުފަންވާ ކުދިންނަށް ފުރަތަމަ ދެވޭ ވެކްޝިން އުފަންވާތާ 24 ގަޑިއިރުގެ ތެރޭގައި ދޭނީ ނަރުހުންނެވެ.

 

 

ޤައުމީ ވެކްސިންތާވަލްގައި ހިމެނޭވެކްޝިން ނުވަތަ އޮޕްޝަނަލް ވެކްޝިން ދިނުން

 

13

ކުޑަކުދިންގެ ހެދިބޮޑުވާ މިންވަރު ދެނެގަތުން

  • ކޮންމެމަހެއްގެ އެއްފަހަރު އަވަށްތަކަށް ޒިޔާރަތްކޮށް ބަރުދަން އަދި އިސްކޮޅު ބެލޭނެއެވެ. (ދާދުވަސްތައް ފަސް އަހަރުން ދަށުގެ ބެލެނިވެރިންނަށް އެންގޭނެއެވެ،)
  • ރަސްމީ ދުވަސްތަކުގައި ހެނދުނު 9 ން 12 އަށް ޕަބްލިކް ހެލްތު ޔުނިޓްގައި ކުރިއަށްގެންދެވޭއެވެ.

 

14

ދޭތެރެ ދުރުކުރުމަށް ބޭނުންވާ ވަސީލަތްތައް ދޫކުރުމާ އަދި ކައުންސިލިންގ ދިނުން

  • އާއިލާ ރޭވުމާ ދޭތެރެ ދުރުކުރުމާ ބެހޭ މައުލޫމާތާއި ދޭތެރެ ދުރުކުރުމަށް ދޫކުރެވޭ ބޭހާއި އެހެނިހެން ތަކެތީގެ ޚިދުމަތްދެވޭނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދު 9:00 އިން 14:00 ށެވެ.

 

15

ލެބޯޓްރީގެ ޙިދުމަތްދެވޭ އާއްމު އުސޫލު

  • ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 23:00 ލެބޯޓްރީގެ އާއްމު ޚިދުމަތް ދެވޭނެއެވެ.
  • ބްލަޑްބޭންކިންގ ރޫޓިން ކްރޮސްމެޗް ހެނދުން ހެނދުނު 8:00 އިން 21:00 ށް ކުރިއަށް ގެންދެވޭނެއެވެ.  
  • ލޭހަދިޔާކުރުން ހެނދުނު 8:00 އިން 23:00 ށް ކުރިއަށް ގެންދެވޭނެއެވެ.
  • ތެލެސީމިޔާ ސްކުރީނިން ކޮންމެ އާދީއްތަ އަދި ބްރާސްފަތި ދުވަހެއްގެ ހެނދުނު 8:00 އިން 15:00 ށް ކުރިއަށް ގެންދެވޭނެއެވެ.
  • ސީމެން އެނަލައިސިސް ސާންޕަލް ބަލައިގަތުން 8:00 އިން 14:00 ށް ކުރިއަށް ގެންދެވޭނެއެވެ.
  • ވަކި ގޮތަކަށް ތައްޔާރުވެގެން ހަދަންޖެހޭ ޓެސްޓް ހަދަން ލެބޯޓްރީއަށް އައުމުގެ ކުރިން ލެބޯޓްރީގެ ނަންބަރ 6800561 ގުޅާ މައުލޫމާތު ސާފުކުރަންވާނެއެވެ.

 

 

16

ލެބޯޓްރީން ނުހެދޭ ޓެސްޓްތަކުގެ ސާންޕަލް އެހެން ލެބޯޓްރީއަކަށް ފޮނުވުމަށް އަމަލުކުރަންޖެހޭ އުސޫލު

  • ޓެސްޓް ހެދުމަށް ނަގާ ސާންޕަލް އެހެން ލެބޯޓްރީއަކަށް ފޮނުވުމުގެ ޒިންމާ ނަގާނީ ބަލިމީހާގެ ފަރާތުންނެވެ. މިކަމާ ގުޅުންހުރި ހުރިހާ މައުލޫމާތު ހޯއްދެވުމަށް 6800561 ގުޅުއްވާ މަޢުލޫމާތު ސާފުކުރަންވާނެއެވެ.  

 

 

17

ޓެސްޓްތަކުގެ ނަތީޖާ ދޫކުރުން

  • އާންމު ކޮށްހަދާ ޓެސްޓްތަކުގެ ނަތީޖާ ސާންޕަލް ނަގާތާ 4 ގަޑީއިރު ހަމަވުމުން ލެބޯޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  • ކަލްޗަރ ޓެސްޓްގެ ނަތީޖާ ލިބޭނީ ސާންޕަލްނަގާތާ 3 ދުވަސް ފަހުންނެވެ.
  • ތެލެސީމިއާ ސްއކްރީނިން ޓެސްޓްގެ ނަތީޖާ ލިބޭނީ ސާންޕަލްނަގާތާ އެއް ހަފްތާ ފަހުންނެވެ.
  • ސީމެން ޓެސްޓްގެ ނަތީޖާ ލިބޭނީ 1 ދުވަސް ފަހުންނެވެ.
  • މާންޓޯ ( Mantoux ) ޓެސްޓްގެ ނާތީޖާ ލިބޭނީ އިންޖެކްޝަން ޖަހާ ވަގުތުން ފެށިގެން 48-72 ގަޑީ އިރު ހަމަވުމުންނެވެ.
  •  

 

18

ލޭހަދިޔާ ކުރައްވާ ފަރާތްތަކުގެ މަޢުލޫމާތު ހޯއްދެވުން.

  • ލޭހަދިޔާކުރައްވާ ފަރާތްތަކުގެ މަޢުލޫމާތު ހޯއްދެވުމަށް ލެބޯޓްރީގެ ނަންބަރ 6800561 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

19

ލެބޯޓްރީން ލިބެން ހުންނަ ޚިދުމަތްތައް ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު ހޯއްދެވުމަށް

  • ލެބޯޓްރީން ލިބެންހުންނަ ޚިދުމަތްތަކުގެ މަޢުލޫމާތު ހޯއްދެވުމަށް ލެބޯޓްރީގެ ނަންބަރ 6800561 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

20

އެކްސްރޭގެ ޚިދުމަތް ފޯރުކޮށްދެވޭ ޢާންމު އުސޫލް

  • ހުކުރު ދުވަހާއި ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ހެންދުނު 8:00 ން ރޭގަނޑު 11:00 އަށް ޚިދުމަތް ދެވޭނެއެވެ.

 

21

އެކްރޭގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރިޕޯޓް ދޫކުރުން

  • ޚިދުމަތް ދެވޭތާ 30 މިނެޓްފަހުން ޑޮކްޓަރަށް އެކްސްރޭ ފެންނަގޮތް ހެދޭނެއެވެ.

 

 

ސީޓީގެ ޚިދުމަތް ފޯރުކޮށްދެވޭ ޢާންމުއުސޫލް

  • ސީޓީގެ ޚިދުމަތް ދެވޭނީ އާދީއްތަ އަންގާރަ އަދި ބުރާސްފަތި މި ދުވަސްތަކުގައެވެ.
  • ސީޓީގެ ޚިދުމަތަށް ދޫކުރެވޭނީ ޚިދުމަތްދޭ ދުވަހަކަށް ގިނަވެގެން ފަސް އެޕޮއިންޓްމަންޓެވެ. އެޕޮއިންޓްމަންޓް ހޯއްދެވުމަށް 6800026 އަށް ގުޅުއްވުމުން ލިބިވަޑައިގަންނާނެއެވެ.
  •  ދެވޭ ޚިދުމަތުގެ މަޢުލޫމާތު 6800026 އަށް ގުޅުއްވުމުން ލިބިވަޑައިގަންނާނެއެވެ.

 

22

ސީޓީގެ ޚިދުމަތް ލިބިގަންނަފަރާތްތަކަށް ރިޕޯޓް ދޫކުރުން

  • ޚިދުމަތް ދެވޭތާ ތިންދުވަސް ތެރޭގައި ނަތީޖާ ދެވޭނެއެވެ.

 

23

ފިޒިއޯތެރަޕީ ގެ ޚިދުމަތް ދެވޭ ޢާންމު އުސޫލް

  • ފިޒިއޯ ތެރަޕީގެ ޚިދުމަތް ދެވޭނީ ހެންދުނު 8:00 ން ރޭގަނޑު10:00 ށެވެ.

 

24

އޯޕީޑީ އަށް ލިބޭ ފޯނުކޯލްތަކަށް ޖަވާބުދާރީވުން

  • އޯޕީޑީގެ ޚިދުމަތަށް ގުޅާ ނަންބަރ 6800026އަށް ގުޅާ ކޯލްތަކަށް ވީ އެންމެ އަވަހަކަށް ޖަވާބުދެވޭނެއެވެ.

 

25

ޚާއްޞަ ބަލިތަކިގެ ޑޮކްޓަރުންނަށް އެޕޮއިންޓްޓްމަންޓް ހެއްދުން.

  • ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯއްދެވުމަށް ގުޅުއްވާނީ 6800026 އަށެވެ.
  • އެޕޮއިންޓްމަނޓް ހެއްދޭނީ ކުރިއަށް އޮންނަ ހަތްދުވަހަށެވެ.
  • އެޕޮއިންޓްމަންޓް ހެއްދެވުމަށް ގުޅުއްވާނީ ކޮންމެ ދުވަހެއްގެ 14:00 ން 00:00 އަށެވެ.

 

26

އެޕޮއިންޓްމަންޓް ހެއްދިފައިވާ ފަރާތްތަކަށާއި ކެންސަލްވާ އެޕޮއިންޓަމަންޓްތަކަށް މެމޯ ދޫކުރުމުގެ ޢާންމު އުސޫލް.

  • މެމޯ ދޫކުރުމާއި ކެންސަންވާ އެޕޮއިންޓްމަންޓްތަކަށް މެމޯ ދޫކުރުމާބެހޭ މަޢުލޫމާތު އޯޕީޑީގެ ނަންބަރ 6800026 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

27

ޑޮކްޓަރުން ބަލިމީހުން ބެލުން.

  • ހެންދުނު ދަންފަޅީގައި ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ބައްލަވާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވީރު 16:00 އަށެވެ.
  • މެންދުރުފަހުގެ ދަންފަޅީގައި ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ބައްލަވާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކޮންމެ ދުވަހެއްގެ ހަވީރު  16:00 ން ރޭގަނޑު 23:00 އަށެވެ.
  • ޢާންމު ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް ހެނދުނު 8:00 ން ރޭގަނޑު 23:30 އަށް ކުރިއަށްދާނެއެވެ.
  • ކެޝުއަލްޓީގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.
  • ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ އިތުރު މަޢުލޫމާތު ހޮސްޕިޓަލްގެ އޯޕީޑީ ކައުންޓަ ނަންބަރ 6800026 އަށް ގުޅުއްވުމުން ލިބިވަޑާއިގަންނަވާނެއެވެ.

 

28

ފައިސާ ދެއްކުމުގެ ޚިދުމަތް

  • ފައިސާ ބަލައިގަތުމާއި ބިލްހެއްދެވުމުގެ ޚިދުމަތް އޯޕީޑީ ކޭޝް ކައުންޓަރުން ލިބިވަޑައި ގަންނަވާނެއެވެ.
  • އާސަންދައިގެ ދަށުން ދެވޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު www.aasandha.mv އިން ނުވަތަ 1400 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
  • އެހެނިހެން އިންސުއަރެންސްގެ ދަށުން ދެވޭ ޙިދުމަތްތަކާބެހޭ މަޢުލޫމާތު ހޮސްޕިޓަލްގެ ނަންބަރ 6800026 އަށް ގުޅައިގެން ލިބިވަޑައިގަންނަވާނެއެވެ.

 

29

މެޑިކަލްޗެކަޕްގެ ޚިދުމަތް

  • މެޑިކަލް ޗެކަޕް ހެދުމަށް ދެވޭ ޚިދުމަތްތަކާބެހޭ މައުލޫމާތު ހޮސްޕިޓަލްގެ ނަންބަރ 6800026 އަށް ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.

 

30

އެންބިއުލާންސްގެ ޚިދުމަތް

  • ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެންބިއުލާންސްގެ ޚިދުމަތް 24 ގަޑީއިރުގައި ލިބިލައްވާނެއެވެ.
  • އެންބިއުލާންސްގެ ޚިދުމަތް ހޯއްދެވުމަށް ގުޅުއްވާނީ 1662 އަށެވެ.
  • އެންބިއުލާސްގެ ޚިދުމަތަށް އެދި 1662 އަށް ގުޅުއްވުމުން ގިނަވެގެން 5 ރިންގް ތެރޭގައި ޖަވާބުދާރީ ވެވޭނެއެވެ. އަދި 5 މިނިޓްތެރޭގައި އެންބިއުލާންގެ ދަތުރު ފެށޭނެއެވެ.
  • އެންބިއުލާންސްގެ ޚިދުމަތްދުމަތްތަކާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ ހޮސްޕިޓަލްގެ ނަންބަރ 6800026 ގުޅުމުން  ލިބިވަޑައިގަންނަވާނެއެވެ.

 

31

ބަލިމީހުންނަށް ގުޅުންހުރި ރިޕޯޓްތައް ދޫކުރުން

  • މެޑިކަލްރިޕޯޓް، މެޑިކަލްޗެކަޕް، ސްކޭންރިޕޯޓް، ސީޓީސްކޭން ރިޕޯޓް ހޯއްދެވުމަށް ޚިދުމަތްލިބިގަތުމަށްފަހު އެ ޑިޕާޓްމަންޓް  އިން  މައުލޫމާތު ހިއްސާކޮށްދެއްވާނެއެވެ. 

 

32

އިތުރު ފަރުވާއަށް ހަޔަރސެންޓަރ ތަކަށް ފޮނުވުމަށް ޑޮކްޓަރ އިރުސާދު ދެއްވާފަރާތްތައް

  • އިތުރު ފަރުވާއަށް ޑޮކްޓަރުން ލަފާދެއްވާ ބަލިމީހުން ހަޔަރސެންޓަރ އަށް އިންސުއަރެންސް ކުންފުނި ތަކުގެ އުސޫލްތަކުގެ ތެރެއިން ފޮނުވައިދެވޭނެއެވެ.
  • އިންސުއަރެންސް ކަވަރ ނުކުރެވޭ ބަލިމީހުން ހަޔަރސެންޓަރ އަށް ފޮނުވުމުގެ ކަންކަން ކުރިއަށް ގެންދާގޮތުގެ މަޢުލޫމާތު ހޮސްޕިޓަލްގެ 6800026 އަށް ގުޅުއްވައިގެން ސާފުކުރެވޭނެއެވެ.

 

33

އިމަރޖެންސީގައި ފަރުވާދިނުން

  • އެމެޖެންސީ ރޫމްގެ ޚިދުމަތް 24 ގަޑިއުރު ދެވޭނެއެވެ.
  • އިމަރޖެންސީގައި ގެނެވޭ ބަލިމީހާ ޢާންމުބަލީގެ ޑޮކްޓަރ ބެއްލެވުމަށްފަހު ކަމާ ގުޅޭ ބަލީގެ ޚާއްޞަ ޑޮކްޓަރަށް ރިފަރ ކުރެވޭނެއެވެ.
  • އިމަރޖެންސީފަރުވާ ދިނުމަށްފަހު ބަލިމީހާއަށް ދޭންޖެހޭ އިތުރު ފަރުވާއަށް ކަމާގުޅޭ ޑިޕަރޓްމަންޓަކަށް ބަލިމީހާ ބަދަލު ކުރެވޭނެއެވެ.
  • އީސީޖީ، ހަކުރުބެލުން، އާވިއެރުވުން، ޑޯނަރ ބްލީޑިންގ، ލޭގެ ޕްރެޝަރ ބެލުން، ފަދަ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.
  • އެނދުމަތި ކުރެވިފައިތިބޭ ބަލިމީހުން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ދެވޭނެއެވެ.

 

34

މައިނަރ އޯޓީގެ ޚިދުމަތް

  • މައިނަރ އޯޓީގެ ޚިދުމަތް ދެވޭނީ ހެނދުނު 8:00 ން ރޭގަނޑު 20:00 އަށެވެ.
  • މައިނާ އޯޓީން ބޭސް އެޅުމާއި އިންޖެކްޝަންޖެހުމާއި ކުދިފެޅުންތަކާއި ޕްލާސްޓަރ އެޅުމާއި ކެނޑުމުގެ ޚިދުމަތް ދެވޭނެއެވެ.

 

35

އޮޕަރޭޝަން ތިއޭޓަރ

  • އޮޕަރޭޝަން ތިއޭޓަރ ގައި އެކިކަހަލަ އޮޕަރޭޝަންތައް ކުރެވޭނެއެވެ.

 

36

އައި ސީޔޫގެ ޚިދުމަތް

  • އައިސީޔޫގައި ހާލުދެރަ ބަލިމީހުންނަށް ފަރުވާދެވެއެވެ.

 

37

ލޭބަރ ރޫމްގެ ޚިދުމަތް

  • ލޭބަރ ރޫމްގައި މީހުން ވިއްސުމާއި ގައިނީ ޕްރޮސީޖާރސް ތައް ހެދޭނެއެވެ.

 

38

އެން އައި ސީޔޫގެ ޚިދުމަތް

  • ދުވަސް ނުފުރާ ވިހާ ކުދިންނާއި ހާލުދެރަ ތުއްތު ކުދިން އެޑްމިޓްކޮށް ފަރުވާ ދެވޭނެއެވެ.

 

39

ޑައިލެސިސް

  • ޑައިލެސިސްގެ ޚިދުމަތް ދެވޭނީ 7:30 ން 23:00 އަށެވެ.

 

40

ޑެންޓަލްގެ ޚިދުމަތް

  • ޑެންޓަލް ޑިޕާރޓްމަންޓގެ ޚިދުމަތުގެ މައުލޫމާތު ހޮސްޕިޓަލްގެ ނަންބަރ 6800026 އިން ލިބިވަޑައިގަންނަވާނެއެވެ.

 

41

ވާރޑް

  • ވާރޑްގައި ބަލިމީހުން އެނދުމަތި ކުރެވިގެން ދެވޭ ހުރިހާ ފަރުވާއެއް ދެވޭނެއެވެ.

 

42

އައިސޮލޭޝަންގެ ޚިދުމަތް

  • އައިސޮލޭޝަންގައި، އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ބަލިމީހުންނަށް ފަރުވާ ދެވޭނެއެވެ.

 

43

ކޮވިޑް އައިސީޔޫ

  • ކޮވިޑް ބަލީގައި އެނދުމަތިކޮށް ފަރުވާދޭންޖެހޭ ބަލި މީހުންނަށް ފަރުވާދެވޭނެއެވެ،
  • ހައިރިސްކް ކޮވިޑްބަލީގެ ބަލިމީހުންގެ އެސެސްމެންޓް ހެދުމުގެ ޚިދުމަތް ދެވޭނެއެވެ.

 

44

ފުލޫ ކްލިނިކްގެ ޚިދުމަތް

  • ފްލޫ ކުލިނިކްގެ ޚިދުމަތް 8:30 ން 11:00 އަށް ދެވޭނެއެވެ.
  • ޕްލޫ ސާމްޕަލް ނެގުމާއި އޮބްޒަވޭޝަންގައި ފަރުވާ ދެވޭނެއެވެ.
  • ކޮވިޑް ޕޮޒިޓިވް ބަލިމީހޫންގެ ޑީ އައިސޮލޭޝަން އެސެސްމެންޓް ހެދުމުގެ ޚިދުމަތް ދެވޭނެއެވެ.
  • ފުލޫ ކްލިނިކްގެ އިތުރު މަޢުލޫމާތު ބޭނުންނަމަ ހޮސްޕިޓަލްގެ 6800026 ނަންބަރަށް ގުޅާ މައުލޫމާތު ސާފުކުރެވޭނެއެވެ.

 

45

ޕްރައިވެޓް ވާރޑް ގެ ޚިދުމަތް

  • އެނދުމަތި ކުރެވި ފަރުވާދިނުން.

 

46

މެޑިކަލް އެސްކޮޓްގެ ޚިދުމަތް

  • ބަލިމީހާއާއެކު މެޑިކަލް އެސްކޮޓެއް ފޮނުވަންޖެހޭ ޙާލަތްތަކުގައި ބަލިމީހާ ގޮވައިގެން ދަތުރުކުރުން.
  • އިންސުއަރެންސް ނުލިބޭ ބަލިމީހާ، މެޑިކަލް އެސްކޮޓަކާ ނުލައި ދަތުރު ނުކުރެވޭ ޙާލަތުގައި އެފަރާތްތަކަށް މެޑިކަލް އެސްކޮޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު 6800026 އިން ލިބިވަޑައިގަންނަވާނެއެވެ.

 

47

ޕެރަމެޑިކް ޚިދުމަތް

  • ޕެރަމެޑިކްގެ ޚިދުމަތް ދޭންޖެހޭ ޙާލަތްތަކުގައި އެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

 

48

ފަސްޓް އެއިޑްގެ ޚިދުމަތް

  • އެކި އެކި މުއައްސަސާތަކުން ހޮސްޕިޓަލުން ބޭރުގައި ހިންގޭ އެކިއެކި ޚަރަކާތްތަކަށް ފަސްޓްއެއިޑްގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

 

49

އެވެއާރނެސް ސެސަންހިންގުން

  • މުނާސަބަތު ތަކާ ގުޅިގެން، ސިއްޙީގޮތުން ޢާންމުން ހޭލުންތެރި ކުރުމުގެ ޚަރަކާތްތައް ހިންގޭނެއެވެ.

 

 

14 މާރިޗު 2022
ހޯދާ