ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ހެލްޕްޑެސްކް އޮފިސަރ، އައި.ޓީ

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ހެލްޕްޑެސްކް އޮފިސަރ، އައި.ޓީ

މަޤާމުގެ ނަންބަރު:

J-242399

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ސީއެސް 5-1 (ގްރޭޑް 1)

މަޤާމުގެ ކްލެސިފިކޭޝަން:

އިންފޮމޭޝަން ޓެކްނޯލޮޖީ ޓެކްނީޝަންސް އެންޑް އެސޯސިއޭޓް ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، މާލެ

މުސާރަ:

4,920.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިސްޓަމްތައް ބޭނުންކުރައްވާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރި ގޮތުގެ މައުލޫމާތު ޓްރެކްކޮށް ބެހެލެއްޓުމަށްޓަކައި ހައްލު ކުރިގޮތުގެ ޑޮކިއުމެންޓޭޝް ހަދައި ޑޮކިއުމެންޓޭޝަންތައް ބަލަހައްޓައި ކަސްޓަމަރ ސަރވިސް ލެވެލްތައް ބަލައި، ޕްރޮގްރެސް ރިޕޯޓް ތައްޔާރުކުރުން. ކީ ޕާރފޯމަންސް އިންޑިކޭޓާރ އާއި އެއް ފެންވަރަށް ނުވަތަ އެއަށްވުރެ ރަނގަޅަށް މައްސަލަތައް ހައްލުކުރެވިފައިވޭތޯ ބެލުމަށް ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު ހަދަން ޖެހޭ ރިޕޯޓްތައް ހެދުން.
  2. ސިސްޓަމްތައް ބޭނުންކުރައްވާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ލޮގްކޮށް، ޓްރެކްކޮށް، ސަރވިސް ލެވަލްއާއި އެއްގޮތަށް ހައްލުކުރުން. އަދި މައްސަލަތައް ހައްލުވެފައިވާކަން މައްސަލަތައް ހުށަހެޅުއްވި ފަރާތަށް އަންގައި ފީޑްބެކް ހޯދާ، މައްސަލަތައް ހުށަހަޅުއްވާ ފަރާތް ހިތްހަމަ ޖެހޭވަރަށް މައްސަލަ ހައްލުކުރެވިފައި ވޭތޯބެލުން. އީ-ގަވަރމަންޓް އަދި ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގައަށް ދިމާވާ މައްސަލަތަށް ބަލާ، ބަޔާންކުރެވިފައިވާ ޕްރޮސީޖަރގައިވާ ގޮތުގެމަތިން މައްސަލަހައްލުކޮށް ބެލެހެއްޓުން.
  3. އީ-ގަވަރމަންޓް އޮޕްރޭޝަންސްއަށް އެކިއެކި ފަރާތްތަކުން ހުށައަޅާ މައްސަލަތައް ހުށަހަޅުއްވާ ފަރާތް ހިތްހަމަ ޖެހޭވަރަށް މައްސަލަ ހައްލުކުރެވިފައި ވޭތޯބެލުމަށްޓަކައި ޗެކްލިސްޓް އަދި ފްލޯޗާޓް ތައްޔާރުކޮށް އެއާއި އެއްގޮތަށް މަސައްކަތް ކުރުން އަދި މިގޮތަށް ކުރިއަށް ގެންދިޔުމަށް ބާރު އެޅުން.
  4. އެން.ސީ.އައި.ޓީގެ ޕްރޮސީޖަރތަކާއި، ކުއަލިޓީ މެނުއަލްތަކާއި އަދި ޗެކްލިސްޓްތަކާއި އެއްގޮތައް ކަނޑައަޅާފައިވާ ވަގުތައް ހަވާލުކުރާ މަސައްކަތްތައް ނިންމުން.
  5. އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާއިން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ކުރުން. އަދި މިދާއިރާއާއި ގުޅޭގޮތުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  6. އީ-ގަވަރމަންޓްއާއި ގުޅިގެން ދެވޭ ޚިދުމަތްތައް، ޚިދުމަތްލިބިގަންނަ ފަރާތްތައް ހިތްހަމަޖެހޭ ފެންވަރަށް ފޯރުކޮށްދިނުމާއި ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ޚިޔާލު ހުށަހަޅާ ޕްރޮސީޖަރއަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށް ޢަމަލީގޮތުން މަސައްކަތްކުރުން.
  7. މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ޙާސިލް ކުރުމަށް އެން.ސީ.އައި.ޓީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އައި.ޓީ.އައި.އެލް ފައުންޑޭޝަން ސަނަދު ހާސިލްކޮށްފައިވުމާއެކު އައި.ޓީ ސަރވިސް މަސައްކަތުގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ސަނަދެއް ނުވަތަ މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އައި.ޓީ ސަރވިސް މަސައްކަތުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

3.ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އައި.ޓީ.އައި.އެލް ޕްރެކްޓިޝަނަރ ސަނަދު ހާސިލްކޮށްފައިވުމާއެކު، އައި.ޓީ.އައި.އެލް ފައުންޑޭޝަން ސަނަދު ހާސިލްކޮށްފައިވުމާއެކު، އައި.ޓީ ސަރވިސް މަސައްކަތުގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ނުވަތަ މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ކޮމްޕިއުޓަރ ސައިންސް

 މަޤާމުގެ ޕްރިފާރޑް ޑިސިޕްލިން(ތައް):

ނެތް

 މަޤާމުގެ ކޯ ޑިސިޕްލިން(ތައް):

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އިންފޮމޭޝަން ޓެކްނޯލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ގާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. ވަޒީފާއަށް އެންމެ ގާބިލް ފަރާތް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ފާސްކޮށްފައިވާ، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ "ރިކްރޫޓްމަންޓް ޓޫލްކިޓް" ގައި އިސްލާޙް ކޮށްފައިވާ "އިންފޮމޭޝަން ޓެކްނޯލޮޖީ ޓެކްނީޝަން އެންޑް އެސޯސިއޭޓް ޕްރޮފެޝަނަލްސް" ގައިވާ ގޮތުގެ މަތިންނެވެ.

މިގޮތުން:

ތަޢުލީމީ ފެންވަރު: %20

ޕްރޮފެޝަނަލް ތަމްރީނު: %30

މަސައްކަތު ގެ ތަޖުރިބާ: % 20

މަސައްކަތުގެ ހުނަރާއި، ފެންވަރާއި ގާބިލު ސިފަތައް: %30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 27 މާރޗް 2022 އާއި 11 އޭޕްރީލް 2022 އާ ދެމެދު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

14 މާރިޗު 2022
ހޯދާ