މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
350 ޓަނުން މަތީގެ އުފުއްޔެއް ކުއްޔަށްހިފުން

މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ކުނިކޮށިތަކުގައި ބޭނުން ކުރުމަށް 350 ޓަނުން މަތީގެ އުފުއްޔެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: IUL)425-CB/1/2014/157)ފ(10 ޖޫން 2014) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތު ފުރިހަމަ ނޫން ކަމަށް ފެންނާތީ، މަޢުލޫމާތު އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ, މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ގަޑި

ދުވަސް

މަޢުލޫމާތު ސާފުކުރެއްވުމަށް

02 ސެޕްޓެންބަރު 2014

14:00

އަންގާރަ

އަގު ހުށަހެޅުއްވުމަށް

08 ސެޕްޓެންބަރު 2014

11:30

ހޯމަ

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014
ހޯދާ