ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 06/(IUL)95-A/1/2022

ތާރީޚް: 13 މާރިޗު 2022

ކޯޓު އޮފިސަރ

ރޭންކް: GS3

 

ދިވެހިރާއްޖޭގެ ހައިކޯޓު

ބޭނުންވާ ޢަދަދު: 01

 

މުސާރައާއި ޢިނާޔަތްތައް

-/4465 ރުފިޔާ

ސަރވިސް އެލަވަންސް                

-/1500 ރުފިޔާ

 

-/2850 ރުފިޔާ

ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %45)

އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުންއިތުރުގަޑީގެފައިސާދެވޭނެއެވެ.

 

1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް" ނުވަތަ " ހަޔަރ ސެކްނަޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

  • ޝަރީއަތްތައް ރިކޯޑު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  • ޝަރީޢަތްކުރާ ހޯލްތަކުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމާއި ބޭނުންވާ އިރުޝާދާއި ލަފާދިނުން.
  • ކޯޓް ސެކްރެޓޭރިއަޓްބެލެހެއްޓުން. މިގޮތުން

ހ. ޝަރީއަތް ހިނގަމުން ދާއިރު ފާހަގަކުރެވޭ މުހިއްމު ތާރީހާއި ވަގުތުތައް އަދި ނަންތައް ނޯޓުކުރުން

ށ. ބެންޗުގައި ތިއްބަވާ ފަނޑިޔާރުން އެދިލައްވާހިނދު ހަސްމުންގެ ފަރާތުން ހުށަހަޅާ ލިއެކިއުންތައް ބެންޗަށް ފޯރުކޮށް ދިނުން.

ނ. ޝަރީއަތަށް ހާޟިރުވާންޖެހޭ މީހުން ތިބިތޯ ބެލުމާއި ޝަރީއަތުގެ މަޖިލީހަށް ހާޟިރުވާ މީހުންގެ ރިކޯޑް ބެލެހެއްޓުން.

ރ. ވަގުތުން ހަވާލުކުރަންޖެހޭ ކޯޓު އަމުރުތައް އެއަމުރުތައް ރައްދުވާ ފަރާތްތަކަށް ހަވާލުކުރުން.

  • ޝަރީޢަތްތަކާއި ގުޅިގެން އަންނަ ޚަސްމުންނާއި ވަކީލުންނާއި މުޢާމަލާތުކުރުމުގައި ޝަރުޢީ ސެކްޝަންތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • މަސައްކަތް ކުރަންޖެހިއްޖެނަމަ ޙަވާލްކުރެވޭ ޝަރުޢީ ސެކްޝަންގެ ޢިދާރީ މަސައްކަތް ކުރުން.

 

 

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސް / މަޤާމާއި ގުޅުންހުރި އެހެނިހެން ތަޢުލީމީ ރޮނގުތައް

 

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އެކައުންޓިންގ އެންޑް ފައިނޭންސް

 

  1. ހައިކޯޓުން ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  5. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. ކުރުމުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  10. 10.  ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ. (ހާޟިރީ ރިޕޯޓް، އެޕަރައިސަލް މާކްސް ހިމަނާފައި)
  11. އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

 

 

  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހަޅަންވާނެއެވެ.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

 

-       ލިބިފައިވާ ތަޢުލީމާއި ތަމްރީން %30

-       ލިބިފައިވާ ތަޖުރިބާ -/10

-       މަސައްކަތަށް ބޭނުންވާ ހުނަރު -/10

-       ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު %50

 

 

16 މާރިޗު 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓު (ތީމުގެ، އާބުރުޒުހިނގުން) ހުށަހަޅަންވާނެއެވެ. އީމެއިލް ކުރަން ބޭނުން ނަމަ އީމެއިލް:  [email protected] އަށް އީމެއިލް ކުރުން.

 

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

 

13 މާރިޗު 2022
ހޯދާ