ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 05/(IUL)95-A/1/2022

ތާރީޚް: 13 މާރިޗު 2022

މަޤާމް:       

އޮފީސް އެސިސްޓެންޓް

ރޭންކް: SS2

ކޯޓް / ސެކްޝަން

ދިވެހިރާއްޖޭގެ ހައިކޯޓު

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް                

-/1000 ރުފިޔާ

ލިވިންގ އެލަވަންސް

-/2850 ރުފިޔާ

ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %45)

އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުންއިތުރުގަޑީގެފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބި، އެމުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބިފައިވުން

ނުވަތަ،

  1.  މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން

 

 

 

 

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ސިޓީއާއި ނޯޓް، ޗިޓް އަދި އެހެނިހެން ލިޔެކިޔުންތައް ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.

2. ފޮޅައި ސާފްކުރުމުގައި އެހީތެރިވެ ދިނުމާއި، އޮފީހުގެ ދޫލައަޅާފައިވާ ތަންތަން ވެކިއުމް ކުރުން.

  1. އޮފީހުގެ ބޭނުމަށް ހޯދާ ތަކެތި އޮފީހަށް ގެނައުމާ، އޮފީހުގައި ބޭނުންކުރާ ތަކެއްޗަށް މައްސަލަ އެއްދިމާވެގެން އެއެއްޗެއް މަރާމާތުކުރާ ތަނަކަށް ގެންދިޔުމަށާއި އެތަކެތި އަނބުރާ އޮފީހަށް ގެނައުމުގައި އެހީތެރިވުން.
  2. އޮފީހުގެ ދިދައާއި، ޤައުމީދިދަ ނެގުމާއި، ތިރިކުރުމާއި، ބަދަލުކުރުން.
  3. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެމަސައްކަތެއްކުރުން.
  4. މީގެ އިތުރުން ވެރިންއަންގަވާ އޮފީހުގެ ރަސްމީމަސައްކަތް ކުރުމާ، ނުރަސްމީ ގަޑީގައި ވެސް ވެރިންއަންގަވާ ރަސްމީމަސައްކަތް ކުރުން.

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ފޯމަން/އޮފީސް އެސިސްޓެންޓް/މަޤާމައިގުޅޭ އެހެނިން ދާއިރާތައް

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

  1. ހައިކޯޓުން ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސުކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  10. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.
  11. އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

 

ސުންގަޑި 

16 މާރިޗު 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް (ތީމުގެ، އާބުރުޒުހިނގުން) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

13 މާރިޗު 2022
ހޯދާ