މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ހދ. އަތޮޅު މަދަރުސާ (ހދ. ވައިކަރަދޫ)12 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބިޑު ހުށަހެޅުމުގެ ދަޢުވަތު

(ޕްރޮޖެކްޓް ނަންބަރު: TES/2022/W-11-R01)

1. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން، ހދ. އަތޮޅު މަދަރުސާ (ހދ. ވައިކަރަދޫ)12  ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ކުރި ނަންބަރު (IUL)13-K/13/2022/40 (27  ޖަނަވަރީ 2022) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. 

2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. 

3. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01 ގެ ގްރޭޑް 01- ,GC01 02- GC01-04, GC01-03, GC01އަދި  GC01-05އަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ. 

4. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސް ސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 14 މާރިޗު 2022 އިން 20 މާރިޗު  2022 އަށް،  ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ. 

5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން  14 މާރިޗު 2022ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

6. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 16މާރިޗު 2022ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. 

7. މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/30,000ރ (ތިރީސް ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

8. ބިޑު ހުޅުވުން އޮންނާނީ 22 މާރިޗު  2022 ވާ އަންގާރަ ދުވަހުގެ 10:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ  ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : 3349296 960+ 3349319 960+ 3349115 960+

އީމެއިލް  : [email protected]

ކޮޕީ   : [email protected]

13 މާރިޗު 2022
ހޯދާ