މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

 

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

ތިރީގައި ވާ ސަރަހައްދުތަކުގައި  ހުރި ރުއްގަހުގެ ވެރިފަރާތެއް ވާނަމަ ކޯޓުގައި މިލްކު ސާބިތު ކޮށްފައިވާ ކަމުގެ ލިޔުން  2022 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އަލިފުށީ ކައުންސިލުގެ އިދާރާއަށް ހުށައެޅެއްވުމަށް ދަންނަވަމެވެ

  1. ރަށުގެ ހުޅަނގު ފަރާތް ، ޢާޒީ މަގުގެ އުތުރުން، ބީޗް ގޯޅީގެ ހުޅަނގުން އޮތް ސަރަހައްދު.
  2. ފިނިރޯޅި ގޯތީގެ ހުޅަނގުން ، ވިލެޖް ގޯތީގެ ދެކުނުން، ކަނބާއައިސާ ހިނގުމުގެ އިރުން އޮތް ސަރަހައްދު.
  3. ކަނބާއައިސާ ހިނގުމުގެ ހުޅަނގުން ، ސަހަރާ ގޯޅީގެ އުތުރުން ، ފްރީޑަމްގެ ދެކުނުން އޮތް ސަރަހައްދު.
  4. ކޮއިގޯތި މަގުގެ ހުޅަނގުން، ޝަމްސުއްދީނުމަގުގެ އުތުރުން، ޒިޔާރަތްމަގު ދެކުނުން އޮތް ސަރަހައްދު.
  5. ރީނދޫގޭގެ އުތުރަށް އޮތް ސަރަހައްދު އަދި  ރީނދޫގޭގެ ހުޅަނގުން އޮތް ސަރަހައްދު.
  6. އަލިތަކުރުފާނުމަގުގެ ދެކުނުން ގިރާމިސްކިތް މަގުގެ ހުޅަނގުން އޮތް  ސަރަހައްދު.
  7. ކިއްސަރުމަގު ގެ ހުނޅަގުން ، ޝިއާރާގެ ދެކުނުން ޝަހީދުއަލީ ހިނގުމުގެ އުތުރުން އޮތް ސަރަހައްދު.

އިޢުލާނުގައި ދެންނެވިފައިވާ ތާރީޚުގައި މިލްކު ސާބިތުކުރިކަމުގެ ލިޔުން ހުށައަޅުއްވާފައި ނުވާ ރުއްގަހަކީ ވެރިފަރާތެއް ނެތް ރުއްގަސްކަމުގައި ބެލެވޭނެއެވެ. އަދި ކައުންސިލް ބޭނުންވާ ގޮތެ  އްގެ މަތިން، މިސަރަހައްދު ތަކުގައި ހުރި ރުއްގަސްތަކަށް ޢަމަލު ކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

13 މާރިޗު 2022
ހޯދާ