މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އިތުރު ކުންފުނިތަކަށް ހުއްދަ ދިނުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ނަންބަރު (IUL)142-C2/142/2022/67 (10 ފެބުރުވަރީ 2022) އަދި (IUL)142-C2/142/2022/77 (27 ފެބުރުވަރީ 2022) ގެ އިޢުލާނުގެ ދަށުން ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތައް ތިރީގައި އެވަނީއެވެ.

#

ކުންފުނީގެ ނަން

1

ޒާއިރު ޕްރައިވެޓް ލިމިޓެޑް

2

ރައުޟާ ޕްރައިވެޓް ލިމިޓެޑް

3

އުޙުދު ޙައްޖު އެންޑް ޢުމްރާ

4

އަލް މުސާފިރު ޕްރައިވެޓް ލިމިޓެޑް

 

މި ކުންފުނިތަކުގެ އިތުރުން، ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮންނަ ކުންފުނިތަކުގެ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައިވާނެއެވެ. ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ 4 ވަނަ މާއްދާގެ (ށ) ވާ ގޮތުގެ މަތިން މި ހުއްދައިގެ މުއްދަތަކީ 2 (ދޭއް) އަހަރު ދުވަސް ކަމުގައި ދަންނަވަމެވެ.

 

07 ޝަޢުބާން 1443

10 މާރިޗު 2022
ހޯދާ