ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޑޮމެސްޓިކް ސަރވަންޓުގެ މަޤާމަށް ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުން

އިޢުލާނު

ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ، މިމައްސަލަ ޙައްލު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މި ޑިޕާރޓްމަންޓުން މިގެންދަނީ ކުރަމުންނެވެ.

މިގޮތުން، "ޑޮމެސްޓިކް ސަރވަންޓް" ގެ މަޤާމަށް ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުން 28 އޮގަސްޓު 2014 އިން ފެށިގެން 30 ނޮވެންބަރު 2014 ގެ ނިޔަލަށް ވަގުތީ ގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

އަދި ދަންނަވަމެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތު މީހުންގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތްތަކުގައި ތިޔަ ފަރާތްތަކުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް އެކަމަށްޓަކައި ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.   

 25 ޝައްވާލް 1435      

21 އޮގަސްޓް 2014
ހޯދާ