ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2014 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް (ސީއޭއީ، ސީޕީއީ،ކެޓް،ޕެޓް،އެފްސީއީ) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:

2014 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް (ސީއޭއީ، ސީޕީއީ، އެފްސީއީ، ކެޓް އަދި ޕެޓް) އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2014 ސެޕްޓެންބަރު 1 އިން ފެށިގެން 2014 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ފައިސާ ނަގާނެގޮތުގެ ތަފުސީލު މިޑިޕާޓްމަންޓުން ލިބެންހުންނާނެއެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 ން 1430 އަށެވެ. ފޯމު ހުށަހަޅުއްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

 2 ޛުލްޤަޢިދާ 1435

 

 

28 އޮގަސްޓް 2014
ހޯދާ