ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 ސީނިއަރ ޕްރޮޑަކްޝަން އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ - ގްރޭޑް 03

މުސާރަ:

 މަހަކު 7500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 3000.00

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 05 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 3-1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 04 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޑެއިލީ ޕްރޮޑަކްޝަން ޝީޓްސް އާއި ލޮގްޝީޓް  ހޯދައި ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން.

- ޕްރޮކިއުމަންޓުގެ ޕޯލިސީއާއި އެއް ގޮތަށް މެޓިރިއަލްއަށާއި ޕެޓީކޭޝްފަދަ ތަކެއްޗަށް ރިކުއެސްޓް ތައްޔާރުކޮށް، ސޮއިކުރުވައި، އެޑްމިންއާ ލިޔުމުން ޙަވާލުކޮށް އެފަދަ ތަކެތި ސައިޓްތަކަށް ޑެލިވަރީ ކުމަށް މަސައްކަތްކުރުން.

- ސައިޓްތަކަށް ލިބޭ އަދި ބޭނުންކުރާ މެޓީރިއަލްތަކުގެ ސްޓޮކް ބެލެހެއްޓުން.

- ސައިޓްތަކަށް ބޭނުންވާ ޕްރިންޓިންގ މެޓީރިއަލްސް ތައްޔާރުކޮށް ފޮނުވުން.

- ސައިޓްތަކަށްގޮސް ރޯމެޓީރިއަލްސް އަދި ފިނިޝްޑްގްޑްސްގެ ފިޒިކަލް ސްޓޮކް ނެގުން.

- ގްޑްސް ޓްރާންސްފަރ ނޯޓް ތައްޔާރު ކުރުން.

- މެނޭޖްމެންޓް މީޓިންގްތަކަށް ބޭނުންވާ ޑޭޓާ ތައްޔާރުކޮށްދިނުން.

- ޕްރޮޑަކްޝަން ޑިޕާޓްމަންޓުގެ ޑެއިލީ، ވީކްލީ އަދި މަންޓްލީ ރެކޯޑްތައް ބަލެހެއްޓުން.

- ޕްރޮޑަކްޝަން ޑިޕާޓްމަންޓުގެ ސައިޓް ލޮގްތަކާ އެއްގޮތަށް ދުވަހުގެ ސަމަރީ ތައްޔާރުކުރުން.

- ޕްރޮޑަކްޝަން ޑިޕާޓްމަންޓުގެ މީޓިންގ މިނިޓްސްއާއި، ވީކްލީ އަދި މަންތްލީ، އަހަރީ ރިޕޯޓްތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް ނިންމުން.

މަޤާމް:

 ރޯޑް ސާރިވސް އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ- ގްރޭޑް 1

މުސާރަ:

 މަހަކު 5500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2200.00

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 04 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން.

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަނުން ހިންގާ އެންމެހާ ރޯޑް މެއިންޓެނެންސް މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވުން.

- ރޯޑް މެއިންޓެނެންސް މަސައްކަތް ކުރިއަށްދާނެގޮތުގެ ތާވަލުތަށް ތައްޔާރުކުރުން.

- މަސައްކަތުގެ ސައިޓުތަކުގައި ކަންހިނގާ ގޮތް ބެލެހެއްޓުން.

- ޑިޕާޓްމަންޓް އަދި ކޯޕަރޭޝަންގެ މީޓިންގްތަކަށް ބޭނުންވާ އެންމެފަހުގެ ރިޕޯރޓްތައް ތައްޔާރުކޮށް ހުށަހެޅުމުގައި އެހީތެރިވުން.

- ސައިޓުތަކުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޝެޑިއުލްއާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތް ކުރިއަށްދާ ކަން ކަށަވަރުކޮށް، ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓެއް ތައްޔާރުކުރުން.

- ސައިޓްތަކުގެ މަސައްކަތައް ކުރިއަށްދަނީ ކަޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތައްކަން ކަށަވަރުކުރުން.

މަޤާމް:

 ސެކްރެޓްރިއޭޓް އޮފިސަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ – ގްރޭޑް 01

މުސާރަ:

 މަހަކު 5500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2200.00

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 04 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން.

ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަނުގެ މުވައްޒަފުންގެ ރަސްމީ ދަތުރުތަކުގެ އެންމެހާ އިންތިޒާމެއް ހަމަޖެއްސުން.

- އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ، ރޯޑްވާރދިނަސް އަދި އިންޝުއަރެންސާއި ބެހޭ އެންމެހާ ކަންތައްތައް ޤާނޫނާއި ޤަވައިދާއި އެއްގޮތްވާ ގޮތުގެމަތިން އަޕްޑޭޓްކޮށް ބެލެހެއްޓުން.

- އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީތަކުގެ އަސްލު ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- އެކިއެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް އެފަރާތްތަކަށް ފޮނުވުން.

- އަހަރީ ރިޕޯޓް ޑިޕާޓްމެންޓްތަކުގެ އެހީތެރިކަމާއިއެކު ތައްޔާރުކުރުން.

- އެސެޓް ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ޑިޕާޓްމެންޓްގެ އެހެނިހެން އިދާރީ މަސައްކަތްކުރުން.

- ކޯޕަރޭޝަންގެ ސައިޓް ތަކާއި ހެޑް އޮފީހުގެ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.

- ކޯޕަރޭޝަންގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރާކަން ކަށަވަރުކުރުން.

ހެޑް އޮފީހަށް ބޭނުންވާ އެންމެހާ މަރާމާތްތައް ހިންގާ ބެލެހެއްޓުން.

މަޤާމް:

 އެސިސްޓެންޓް ހައުސްކީޕިންގ އޮފިސަރ

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް

 އެސިސްޓެންޓް އޮފިސަރ ގރ 03

މުސާރަ:

 މަހަކު -/4500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

-   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

-   އެހެނިހެން އެލަވަންސް: -/1800

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ ފެސިލިޓީ.

ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަނުން އެކަށައަޅާ ސިޔާސަތާއި އެއްގޮތްވާގޮތުގެމަތިން އެކޮމަޑޭޝަން ފެސިލިޓީތަކުގެ ހައުސް ކީޕިން ހިދުމަތްތައް ދެވޭކަން ކަށަވަރު ކުރުން.

- ހައުސް ކީޕިން ހިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ އާލާތްތައް ފެސިލިޓީތަކަށް ހަމައަށް ލިބޭކަން ކަމާބެހޭ ޑިޕާޓްމަންޓްތައް މެދުވެރިކޮށް ކަށަވަރު ކުރުން.

- އެކޮމަޑޭޝަން ފެސިލިޓީތަކުގެ ކޮޓަރިތައް ސާފުކޮށް ބެލެހެއްޓުން.

- ހުރިހާ ކޮޓަރިތަކެއް އަދި އެކޮމަޑޭޝަން ބްލޮކްތައް ޤާއިމްކުރެވިފައިވާ މިންގަނޑަށް ތައްޔާރުކުރެވިފައިވާކަން ކަށަވަރުކުރުން.

- ތަނުގައި ބޭނުންކުރެވޭ ތަކެއްޗާއި، ބެހެއްޓިފައިވާ މުހިންމު އާލާތްތައް/ މެޝިނެރީސްތައް ބަރާބަރަށް މަސައްކަތްކުރާކަން ކަށަވަރު ކުރުން

- ޑިޕާރޓްމަންޓަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކްއެސްޓް ހެދުމާއި ތަކެތި ޕްރޮކިއުމަންޓް އާއި ގުޅިގެން ހޯދުން.

- ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި،އެތަކެތި ހޯދުމަށް ރިކުއެސްޓް ކުރުން

- ތަނުގެ އާއްމު ސިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން

- ތަނުގައި ބަހައްޓަންޖެހޭ ސައިން ބޯޑްތައް/ލިޔުންތައް ހަމައަށް ހުރިތޯބެލުމާއި، ނެތްކަމަށް ފާހަނގަވާ ބޯޑެއް/ލިޔުމެއް ވާނަމަ ވެރިންނާއި ވާހަކަދައްކައިގެ އެފަދަ ތަކެތި ހަމަކުރުން.

- ފެސިލިޓީތަކުގައި ދެވޭ ހައުސް ކީޕިންގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ޑިޕާޓްމަންޓްގެ އިސްވެރިން މެދުވެރިކޮށް މެނޭޖްމަންޓަށް ހުށައެޅުން.

މަޤާމް:

 މަސައްކަތު

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސަޕޯރޓް ސްޓާފް - ގްރޭޑް 5

މުސާރަ:

 މަހަކު 3500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

 އެހެނިހެން އެލަވަންސް : 3500.00 ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން.

އަމިއްލައަށް އިސްނަގައިގެން  މަސައްކަތްކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން

 - ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މި ކޯޕަރޭޝަންގެ މާލެ ސައިޓުގެ އެތެރެއާއި، ގޯތި ތެރެ ހިމެނޭ ސަރަޙައްދު ކޮންމެ ދުވަހަކު ކުނިކަހާ ސާފުކުރުން

- މާލެ ސައިޓުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

- މުވައްޒަފުން ބޭނުންކުރާ ސައިކޮޓަރި ސާފުކޮށް، ބެލެހެއްޓުން.

- މީޓިންގތަކަށް ސައި ތައްޔާރުކުރުން.

ސުންގަޑި:

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 13 މާރިޗް 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މާރިޗް މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                     06  ޝަޢުބާން 1443   

09 މާރިޗު 2022
ހޯދާ