ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443ވަނަ އަހަރު ރަމަޟާން މަހު، ތަރާވީޙް ނަމާދުކުރުމަށް ގެނެވޭ ޙާފިޡުގެ ހުރުމާއި، ކެއުމާއި، ދޮވެ އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މިއަހަރުގެ ރަމަޟާން މަހު މިރަށުގައި ޙިފްޡް ކޮށް ތަރާވީހް ނަމާދު ކުރައްވާ އިމާމް ހުންނެވުމަށް  1 ކޮޓަރި ( ރަނގަޅު ފެނަވަރަކަށް ހަދާ އޭސީ  ކޮއްފައި ، ފާޚާނާ  އަދި  ފަރުނީޗަރާއެކު ) ، ކެއިން ބުއިމާއި އަދި ދޮވެ އިސްތިރިކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން،  24 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 13:30  އަށް މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.

އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 23 މާރޗް 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ކުރިން [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 7945451 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

6 ޝަޢުބާން 1443

9 މާރޗް 2022

09 މާރިޗު 2022
ހޯދާ