ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ގދ. މަޑަވެލި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ބަނދަރު ބެލެހެއްޓުމާއި، ފަސޭހަ ޕޮއިންޓުން ފެން ފޯރުކޮށްދިނުމުގެ އިތުރުން ޕާރކް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސްކޮށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި ކޮންމެ މަހަކު -/8500ރ (އަށްހާސް ފައްސަތޭކަ ރުފިޔާ) އަށް ވުރެ ބޮޑުނުވާ ގޮތުގެމަތިން މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ޙާޟިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިގަނެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.
ތަން |
ގަޑި |
ދުވަސް |
ތާރީޚް |
|
މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
13:00 |
އާދީއްތަ |
13 މާރިޗު 2022 |
މަޢުލޫމާތު ދިނުން |
13:00 |
އަންގާރަ |
15 މާރިޗު 2022 |
އަންދާސީ ހިސާބު ހުށަހެޅުން |
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.