މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް 1443

               ބަރަކާތްތެރި ރަމަޟާން މަހުގެ ރޫޙާއިއެއްގޮތް ވާގޮތުގެ މަތިން ޚާއްސަކޮށް އެމަސް ފާހަގަ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ބާއްވާ "މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް 1443" ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. މި މުބާރާތު ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 6 އަހަރުންދަށް، 9 އަހަރުންދަށް އަދި 13 އަހަރުންދަށެވެ. އަދި ސީނިއަރ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 13 އަހަރުން މަތި، 16 އަހަރުންދަށް އަދި 19 އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖެނުއަރީ 2022 އަށް ދަރިވަރަށް ފުރިފައިވާ އަހަރަށެވެ.

               މި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން 1 ވަނަ ، 2 ވަނަ އަދި 3 ވަނަ އަށް އަންނަ ދަރިވަރަކު ހޮވުމަށް ވަނީހަމަޖެހިފައެވެ. މިމުބާރާތުގެ ވަނަވަނަ އަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމްތަކަކީ؛

ކޮންމެ އުމުރުފުރާއަކުން  1 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް

                2 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

                3 ވަނަ -/3000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މުޅިމުބާރާތުން       1 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް

               2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް

               3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

              މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އާއި މުބާރާތުގެ އުޞޫލު މާލޭސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުތާރީޚް އަކީ 20 މާރޗް 2022 އެވެ. މި މިބާރާތުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 2:00 އަށެވެ.

              ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 މާރިޗު 2022
ހޯދާ