އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އައިޔޫއެމް ހޯލްޑިންގްސްއިން ހަނިމާދޫގައި ވިޔަފާރި ކުރުމަށްޓަކައި ހަދާ ނިންމާފައިހުރި ތަނެއް ބޭނުންވެއްޖެ

އައިޔޫއެމް ހޯލްޑިންގްސްއިން ހަނިމާދޫގައި ވިޔަފާރި ކުރުމަށްޓަކައި ހަދާ ނިންމާފައިހުރި ތަނެއް ބޭނުންވެއްޖެ

 

އައިޔޫއެމް ހޯލްޑިންގސްއިން ކޮށްފައިވާ އިޢުލާން ނަންބަރު IUMH-AD/I/2022/18 ގައި ބައެއް މަޢުލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

އިއުލާން ނަންބަރު:  IUMH-AD/I/2022/23

އިޢުލާން

 

އައިޔޫއެމް ހޯލްޑިންގްސްއިން ހދ. ހަނިމާދޫގައި ވިޔަފާރި ކުރުމަށްޓަކައި ހަދާ ނިންމާފައިހުރި ތަނެއް  5 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެއެވެ. މިތަނުގައި ތިރީގައިވާ ކަންތައްތައް ފުރިހަމައަށް ހުންނަންވާނެއެވެ.

  1. ތަނަކީ މަދުވެގެން 500 އަކަފޫޓުގެ ތަނެއް ކަމުގައިވުން.
  2. ތަނަކީ ރީތިކޮށް ހަދާ، ކުލަލައި، ލައިޓްހަރުކޮށް، ބޭރުން ފެންނަން ހުންނަ ގޮތަށް ބިއްލޫރި ހަރުކޮށް އަދި ޓައިލްސް ޖަހާފައިވާ ތަނެއްކަމުގައިވުން.
  3. ތަނަށް ވަކިން ކަރަންޓު ލާފާ ހުރުން.
  4. ތަނަކީ ބޭރުން ވަދެވޭގޮތަށް ހުންނަ ތަނެއްކަމުގައިވުން.

ނޯޓު: ތަނުގައި ފާހާނާއެއް ހުރުމަކީ އެދެވިގެންވާ ކަމެކެވެ.

ވީމާ މިފަދަ ތަނެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މަރޗް 2022 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން އައިޔޫއެމް ހަނިމާދޫ ލަރނިންގ ސެންޓަރަށް ނުވަތަ [email protected] އަށް ޝައުގުވެރިކަން ފާޅުކޮށް ސިޓީއެއް ހުށަހެޅުއްވުން އެދެމެވެ.

ހުށަހެޅުމުގައި ހިމަނަންޖެހޭ ލިޔެކިޔުންތައް:

  1. 5 އަހަރު ދުވަހަށް، މަހުން މަހަށް ހުށަހަޅާ އަގުގެ ތަފްސީލް
  2. ތަނުގެ ރެޖިސްޓްރީ ކޮޕީ
  3. ތަނުގެ ވެރިފަރާތް އެނގޭ ލިޔުމެއް
  4. ތަނުގެ ވެރިފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ތަނުގެ އޭރިއާ / ބޮޑުމިން
  6. ތަނުގެ ކުރެހުމާއި ފޮޓޯ

ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ހެނދުނު 09:00 އާއި މެންދުރު14:00  ދެމެދު 7999854 އަށް ގުޅުއްވުން އެދެމެވެ.

 

07 މާރިޗު 2022
ހޯދާ