މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ފްލޯޓިންގް ފިޝް ކޭޖަސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕްރޮޖެކްޓް ނަންބަރު: TES/2022/G-001)

 

ފްލޯޓިންގް ފިޝް ކޭޖަސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

 

1. ދިވެހި ސަރުކާރުން ވާރލްޑް ބޭންކުގެ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ  ދަށުން، ފްރޭމްވޯކް އެގްރީމެންޓް މެދުވެރިކޮށް ފްލޯޓިންގް ފިޝް ކޭޖަސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. ވީމާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް ފްރޭމްވޯކް އެގްރީމެންޓް މެދުވެރިކޮށް ތިރީގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ ޕްރައިމަރީ ޕްރޮކިއުމަންޓަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

(i)   ފްލޯޓިންގް ފިޝް ކޭޖަސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

(ii)   އަންދާޒާ ކުރެވޭ އަދަދު: 276 ސިސްޓަމް

(iii)  ޑެލިވަރީ ކުރަންޖެހޭ ތަން: މާލެ ޕޯޓް (ކޯލް-އޮފް ކޮންޓްރެކްޓްގައި ޑެލިވަރީ ކުރަންޖެހޭ ތަން ބަޔާންކުރެވޭނެއެވެ)

(iv)  ޑެލިވަރީ މުއްދަތު: 35 ދުވަސް (ކޯލް-އޮފް ކޮންޓްރެކްޓް އިން ފެށިގެން)

3. ޕްރައިމަރީ ޕްރޮކިއުމަންޓް ޕްރޮސެސް މެދުވެރިކޮށް ޤާއިމްކުރެވޭނީ ކްލޯސްޑް ފްރޭމްވޯކް އެގްރީމެންޓެކެވެ.

4. މި ޕްރޮޖެކްޓްގެ ޕްރޮކިއުމަންޓް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ޕްރޮކިއުމަންޓް އުސޫލުގެ މަތިން، ވަރލްޑް ބޭންކުގެ ރިކުއެސްޓް ފޯ ބިޑްސް މެދުވެރިކޮށް "ޕްރޮކިއުމެންޓް ރެގިއުލޭޝަން ފޮރ އައި.އީ.އެފް. ބޮރޯވަރސް" ޖުލައި 2016 ގައި ޝާއިރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018ގައި އިސްލާހުކޮށްފައިވާ ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

5. ފްރޭމްވޯކް އެގްރީމެންޓް ވާނީ ސިންގަލް-ޔޫސަރ އެގްރީމެންޓަކަށެވެ. މި ފްރޭމްވޯކް އެގްރީމެންޓް ދަށުން ސިންގަލް-ޔޫސަރ އަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއެވެ.

6. ފްރޭމްވޯކް އެގްރީމެންޓް ވާނީ މަލްޓި-ސަޕްލަޔަރ އެގްރީމެންޓަކަށެވެ.

7. ފްރޭމްވޯކް އެގްރީމެންޓް މެދުވެރިކޮށް ކޯލް-އޮފް ކޮންޓްރެކް އެވޯޑް ކުރެވޭނީ ސެކަންޑަރީ ޕްރޮކިއުމަންޓް މަރުހަލާއެއް ފުރިހަމަކުރުމަށްފަހުއެވެ.

8. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން 'ޝެޑިއުލް އޮފ ރިކުއަރމަންޓްސް' ގެ ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަންވާނެއެވެ.

9. ފްރޭމްވޯކް އެގްރީމަންޓް މުއަދަތަކީ 1 އަހަރެވެ. އަދި އެގްރީމަންޓް މުއްދަތު 1 އަހަރު އިތުރުކުރެވިދާނެއެވެ.

10. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން   : (+960) 3349113، (+960) 3349147،  (+960) 3349106    

އީމެއިލް  : [email protected]

ކޮޕީ   : [email protected]

11. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2022 މާރިޗު 7 އިން 2022 އެޕްރީލް 18އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް (ރަމަޒާން މަހު 9:00 އިން 13:00 އަށް)  މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

12. މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

13. ބީލަން ހުޅުވުން އޮންނާނީ 2022 އެޕްރީލް 20 ވާ ބުދަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

07 މާރިޗު 2022
ހޯދާ