އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޭންޑްބޯލް ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުން

                                                        ނަންބަރު: (IUL)345-MS/345/2022/32

އިޢުލާން

  • އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު:

ހޭންޑްބޯލް ކޯޓެއް އަޅައިދޭން ފަރާތެއް ހޯދުން:

މިރަށު ހޭންޑްބޯލް ކޯޓެން އަޅައިދޭނެ ފަރާތެއް ހޯދުނަށް ބޭނުންވެއެވެ.  ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 16 މާރިޗު 2022 ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ [email protected] އަށް މެއިލްކުރައްވައިގެން، ނުވަތަ މި އިދާރާގެ ނަންބަރު 6660059 އަށް ގުޅުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 16 މާރިޗު 2022 ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]

އަންދާސީ ހިސާބު ހުށަހެޅުން:

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 މާރިޗު 2022 ވާ ބުދަ ދުވަހުގެ 10:30ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

07 މާރިޗު 2022
ހޯދާ