މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރާވީސް ކުރުމަށް ގެންނަ ހާފިޡްގެ ކެއުމާއި ހުރުން ހަމަޖެއްސުމާއިބެހޭ

ތަރާވީސް ކުރުމަށް ގެންނަ ހާފިޡްގެ ކެއުމާއި ހުރުން ހަމަޖެއްސުމާއިބެހޭ

      1443 ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޡްކޮށް ތަރާވީސް ކުރުމަށް ގެނައުމަށް ހަމަޖެހިފައިވާ ހާފިޡްގެ ކެއުމާއި ހުރުން 31 މާރޗް 2022ން ފެށިގެން 02 މެއި 2022ގެ ނިޔަލަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 13 މާރޗް 2022 ވާ އާދިއްތަ ދުވަހުގެ 13:30ށް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅާފަރާތުގެ އައިޑީކާޑާއިއެކު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީ އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

      މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 13 އާދިއްތަ 2022 ވާ އަންގާރަ ދުވަހުގެ ކުރިން ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 ން 13:00 ށް މިއިދާރާގެ ނަންބަރު 6580071 ފޯނަށް ގުޅުއްވައިގެން ނުވަތަ ކައުންސިލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

07 މާރިޗު 2022
ހޯދާ