ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ޒަކާތުގެ ފައިސާ ޖަމާކުރުމަށް 1442 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ އެކައުންޓް ނަންބަރު ހޯދުމާއި ގުޅޭ

1443 ވަނަ އަހަރުގެ ޒަކާތުގެ ފައިސާ ޖަމާކުރުމަށްޓަކައި އެކައުންޓްގެ މަޢުލޫމާތު ބޭނުންވާތީ، 1442 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ބޭންކް އެކައުންޓް ނަންބަރާއި، އެކައުންޓްގެ ވެރިފަރާތުގެ ފުރިހަމަ ނަން، ބެންކުގެ ނަމާއި ބުރާންޗް އަދި ދިވެހި ފައިސާގެ އެކައުންޓެއްކަން އެނގޭނެ ގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފޮނުވާ ފޯމު ފުރިހަމަ ކުރުމަށްފަހު 08 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ ކައުންޓަރަށް ހުށަހެޅުމަށް ދަންނަވަމެވެ.  މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބޭނެ ވާހަކަ ތިފަރާތުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

1442 ވަނަ އަހަރުގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ އެކައުންޓް މަޢުލޫމާތު ފޯމް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 މާރިޗު 2022
ހޯދާ