މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެންވަޔަރަންމަންޓް އެނަލިސްޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/6,295 ރ، ސަރވިސް އެލަވަންސް: -/2,000 ރ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

1

ޝަރުޠު

  1. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕްރޮޖެކްޓް ނުވަތަ ސައިންސް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6  ހާސިލުކޮށްފައިވުން. ނުވަތަ
  4. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ޔޫ.އެން.އެފް.ސީ.ސީ.ސީ. ގެ ދަށުން ހުށަހަޅަންޖެހޭ ބައިއެނިއަލް ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް ހުށަހެޅުމުގައި އެހީތެރިވެދިނުން؛

2- ކުލައިމެޓް ޗޭންޖް މިޓިގޭޝަނުގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގައި އެހީތެރިވެދިނުމާއި، ދާއިރާ ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރެިކަމާއި ފަންނީ އެހީތެރިކަން ހޯދުމުގައި ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ބެއްލެވުމުގެ ދަށުން ކުރުން؛

3- ދުނިޔޭގެ ފެންވަރުގައި ތަޢާރަފުކުރެވޭ މިޓިގޭޝަން ޓެކްނޮލޮޖީތައް ދިރާސާކޮށް، ރާއްޖެއަށް އެޕްލައިކުރެވޭ ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފުކުރުމަށް މަސައްކަތް ކުރުމާއި، މިކަމުގައި އެއްބާރުލުން ދިނުން؛

4- މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ވަކިން ޚާއްޞަކޮށް މިޓިގޭޝަނާ ބެހޭގޮތުން ބޭރުގެ އެކިއެކި ޖަމާޢަތްތަކުން ހިންގާ އެކިއެކި މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ބައިވެރިވާންޖެހޭ ޙާލަތްތަކުގައި މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވުން؛

5- ޑިޕާޓްމަންޓުން ތައްޔާރުކުރާ ކްލައިމެޓް ޗޭންޖް މިޓިގޭޝަން ޕްރޮޖެކްޓް ކޮންސެޕްޓުތައް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކުރުމާއި، މިކަމުގައި އެހީތެރިވެދިނުން؛

6- ރާއްޖޭގެ ގްރީންހައުސް ގޭސް އިންވެންޓްރީ ހެދުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަމާބެހޭ ސުޕަވައިޒަރުގެ ބެއްލެވުމުގެ ދަށުން މިކަންތައް ވިލަރެސްކުރުން؛

7- ޔޫ.އެން.އެފް.ސީ.ސީ.ސީ އާއ ކިޔޯޓޯ ޕްރޮޓޮކޯލްގެ ދަށުން އެއްބަސްވެވޭ އަދި ރާއްޖެ ޤަބޫލުކުރާ ތަފާތު މާކެޓް މެކޭނިޒަމްތައް ރާއްޖެ ތަޢާރަފް ކުރުމާއި، ހިންގުމުގައި އެހީތެރިވުން؛

8- ކްލައިމެޓް ޗޭންޖް މިޓިގޭޝަން ދާއިރާއިން ކުރާ މަސައްކަތްތައް ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 ފޯނަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މޫސުމަށް އަންނަ ބަދަލުތަކާއި ނުވަތަ މި ދާއިރާއާ ގުޅުންހުރި މަޝްރޫޢުތަކާއި ޕްރޮގުރާމުތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. ތިމާވެށްޓާއި ހަކަތައާ ގުޅޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  3. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތާކާއި މި ދާއިރާގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  4. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

  • ސުންގަޑި: 8 ސެޕްޓެންބަރު 2014 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަވިއު ކުރުމާއި އިމްތިޙާނު ކުރުން 9 ސެޕްޓެންބަރު 2014 އާއި 9 އޮކްޓޫބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

                        2 ޛުލްޤަޢިދާ  1435

28 އޮގަސްޓް 2014
ހޯދާ