ދިވެހިރާއްޖެ
ނަމްބަރ: (IUL)297-AD/297/2022/22
އިޢުލާން
ވޭޖް އެމްޕްލޮއިމަންޓްގެ ދަށުން ނ.ދޮނައެރި ކަނޑޫދޫއަށް މަސައްކަތު މީހުން ބޭނުންވެއްޖެ
މަޤާމް: މަސައްކަތު (ރަށް ބަލަހައްޓާ)
ބޭނުންވާ އަދަދު: 02 (ދޭއް)
މަސައްކަތްކުރަންޖެހޭ ތަން : ނ.ދޮނައެރި ކަނޑޫދޫ
މަސައްކަތްކުރުމަށް ހަމަޖެހިފައިވާގޮތް: ދުވާލަކު 8 (އަށް) ގަޑިއިރު
މަޤާމުގެ މުސާރަ: -/7420 (ހަތް ހާސް ހަތަރުސަތޭކަ ވިހި) ރުފިޔާ
ހާޑްސިޕް އެލަވަންސް: -/580 (ފަސްސަތޭކަ އަށްޑިހަ ރުފިޔާ)
ފޯނު އެލަވަންސް: -/200 ދުއިސައްތަ) ރުފިޔާ
މުއްދަތު: 1 (އެކެއް) އަހަރު
އުޖޫރައާއި އިނާޔަތްތައް: މުވައްޒަފުންނަށްދެވޭޢިނާޔަތްތަކާއި، ހުރުމާއި ކެއުން ހިލޭ ހަމަ ޖައްސައި ދެވޭނެ (ހަމަޖެހިފައިވާ އުޞޫލާއެއްގޮތްވާ ގޮތުގެމަތިން)އިތުރުގަޑީގައި މަސައްކަތްކޮށް ފިނަމަ އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
ޔުނިޓް: ނ.ވެލިދޫކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
1- މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން ، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުމާއި އެކު ގިނަވަގުތު ރަށުން ބޭރުގައި މަސައްކަތުގައި އުޅެވޭ މީހުން ކަމުގައިވުން.
2- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ރަށަށް އަރާފައިބާ މީހުންގެ ލިސްޓް ކައުންސިލުން އަންގާ ގޮތުގެ މަތިން ބެލެހެއްޓުން.
- ރަށުން ބޭރުކުރާ ތަކެތި ޗެކްކޮށް، ބޭރުކުރާ ތަކެތީގެ ބާވަތާއި އަދަދު ކައުންސިލަށް އެންގުން.
- ދަނޑުވެރިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އުސޫލުގައިވާ ގޮތަށް ކައުންސިލާއި ގުޅިގެން ފޯރުކޮށްދިނުން.
- އެކޮމެޑޭޝަން ބުލޮކާއި އެހެނިހެން އިމާރަތްތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި ސާފްކުރުން.
- އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އަދި ކަނޑޫދޫއިން ދަނޑުވެރިކަމަށް ބިންދޫކުރުމާއި އެދަނޑުބިންތަކުގައި ދަނޑުވެރިކަން ކުރުމުގެ އުސޫލާ ޚިލާފް ކަންކަން ކުރޭތޯ ބަލާ އެކަން ކައުންސިލަށް ރިޕޯޓް ކުރުން.
- އެކޮމެޑޭޝަން ސަރަހައްދު ކުނިކަހާ ސާފުކުރުން.
- ކައުންސިލުން ފޯރުކޮށްދޭ ކަރަންޓާއި ފެން، އުސޫލުގައިވާ ގޮތަށް ދަނޑުވެރިންނަށް އަދި ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުން.
- މައި މަގުތައް ސާފުކޮށް ބެލެހެއްޓުން.
- ގުދަން، ފާހާނާ އަދި އެކޮމެޑޭޝަން ބުލޮކުގެ މަރާމާތްތައް ކުރުން.
މީހުންހޮވުމުގައި ބަލާނެކަންތައްތައް
- ވަޒީފާގެ މަސައްކަތާގުޅޭގޮތުން ލިބިފައިވާ ހުނަރު / ތަޖުރިބާ
- ގިނަވަގުތު މަސައްކަތުގައި ރަށުން ބޭރުގައި އުޅެވޭނެ މީހަކަށްވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- މަސައްކަތުގެ ދާއިރާއިން / ލިބިފައިވާ ހުނަރު / ތަޖުރިބާ
- މަސައްކަތްކުރަންދަންނަ މިންވަރު
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
- މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 މާރޗް މަހުގެ ތާރީޚެއްގައި ވެލިދޫކައުންސިލްގެ އިދާރާގައެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 14 މާރޗް 2022 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3. ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތު ތަޖުރިބާދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާލިޔުންތައް
4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.
03 ޝަޢުބާން 1443
06 މާރޗް 2022