މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުމަތީމަގު ސާފު ކުރުމާ ގުޅޭ

އިޢުލާން

ފަޅުމަތީމަގު ސާފު ކުރުމާ ގުޅޭ

 

                             މާލޭ ދެކުނު ފަރާތު ކުރީގެ 01 ނަމްބަރ ކުނިކޮށި ހިމެނޭ ސަރަހައްދުގެ ފަޅުމަތީ މަގުގައި އެކި ފަރާތްތަކުން މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި،މަގުމައްޗަށް ގިނަ އަދަދަކަށް ކުނި އަޅަމުން ގެންދާތި ޢާންމުރަތްޔިތުންގެ ފަރާތުންނާއި،ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެމައްސަލަ މިކައުންސިލަށް ހުށަހަޅަމުން އެބަގެންދެއެވެ.

                             މި ކަމަކީ މީގެކުރިންވެސް އެތައްފަހަރަކު މިކައުންސިލުން މަނާކޮށް ނުކުރުމަށް އެފަދަ ފަރާތްތަކަށް އަންގާފައިވާ ކަމަކަށް ވުމާއެކު މިހާރު އެސަރަހައްދުގެ މަގުމަތީގަޔާއި، ނީލަންމުދާ ( ބައުމުދާ )ވިއްކާ ގޮޅިތަކުން ބޭރުގައި ހުރި އެކިބާވަތްތަކުގެ މުދަލާއި މަގުމައްޗަށް އަޅާފައިހުރި ކުނިތައް އެތަކެތި ބެހެއްޓި ފަރާތްތަކުން 10 މާރޗް 2022 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް ނަގާ ފަޅުމަތީމަގު ސާފުކުރުމަށް އަންގަމެވެ. މިމުއްދަތުގެ ނިޔަލަށް ނުނަގާހުރި ތަކެތި މިކައުންސިލުން ނަގާ ކުނީގެ ގޮތުގައި ނައްތާލާނެކަން އަންގަމެވެ.އަދި އެތަކެތި ނެގުމުގައާއި ނެގުމައްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް މިކައުންސިލުން ޒިންމާ ނުވާނެކަން އަންގަމެވެ.

                             ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 މާރިޗު 2022
ހޯދާ