ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ހުރި ބައު ސާމާނު ތަކެއް ނީލަމުގައި ވިއްކާލުން

އެސްޓީއޯ ގައި ހުރި ބައު ސާމާނު ތަކެއް ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 09 މާރޗް 2022 ވާ ބުދަދުވަހުގެ10:00 އަށް އެސްޓީއޯ ހއ.ތުރާކުނު ފާރމަސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެސްޓީއޯ ހއ.ތުރާކުނު ފާރމަސީއަށް ވަޑައިގެން އަގު ހުށަހެޅުއްވުންއެދެމެވެ. އަގު ހުށަހަޅުއްވާނީ ޕްރިންޓް ކުރެވިފައިވާ ލިއުމުންނެވެ.

       ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކަށް ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 7 ދުވަސް ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ.

03 މާރިޗު 2022
ހޯދާ