މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބާދަގަނޑު ނީލަމުގައި ވިއްކާލުން

                                                  

  No: 134-PRO/I/2022/08

އިޢުލާން 

ބާދަގަނޑު ނީލަމުގައި ވިއްކާލުން

           ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައިހުރި 120 މެޓްރިކްޓަންގެ ޓީ.އެފް.އެސް. ސްކްރޭޕް އަދި 20 މެޓްރިކްޓަންގެ ޖަންކް ސްކްރޭޕް ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ފެލިވަރުން   7942775 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ. 

           ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މެޓްރިކްޓަނަކަށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުއްވުމުން، ހުށަހެޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. 

ދަގަނޑުތައް ނީލަންކިޔުން އޮންނާނީ،  08 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މިފްކޯ ހެޑް އޮފީހުގައެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

           ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/10,000 (ދިހަހާސް) ރުފިޔާގެ ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ.  ނީލަން ކާމިޔާބު ކުރާ ފަރާތުން، 22 މާރިޗު 2022 ވާ އަންގާރަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެތެރޭގައި، މިތަކެތި ގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ. ތަކެތި ދޫކެރެވޭނީ، އެދުވަހަކު ގެންދާ އެއްޗަކަށްވާ ފައިސާ ދެއްކުމަށް ފަހުގައެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ.  މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަބުރާ ނުލިބޭނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ ވަގުތުން އަބުރާ ލިބޭނެއެވެ.

 

ނީލަން ހުށަހަޅާ ތަން:     މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) - ހެޑްއޮފީސް

                     389 ނަންބަރު ކޮށި / މާފަންނު

                       ހިލާލީ މަގު / މާލެ

 

03 މާރިޗު 2022
ހޯދާ