ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާޢިދާއި ޚިލާފަށް އިޖުތިމާޢީ ސަރަހައްދު ތަކުގައި ބަހައްޓާފައި ހުރި ތަކެތި ނެގުމާބެހޭ

  މިހާރަކަށް އައިސް ރަށުގެ މަގުތަކާއި، ޢިޖުތިމާއީ ސަރަހައްދު ތަކުގައި ޤަވާއިދާ ޚިލާފަށް ތަކެތި ބެހެއްޓުން ޢާންމުވަމުން އަންނަކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ޤަވާޢިދާ ޚިލާފަށް ކުރެވޭ މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުމާއި، ޤާނޫނުތަކާއި ޤަވަޢިދުތައް އަދި ހެދިފައިވާ ޢުޞޫލުތަކަށް ބޯނުލެބުމުގެ ނުބައި ޘަޤާފަތެއް މުޖުތަމަޢުގައި އުފެދުމަށް މަގުފަހިވެއެވެ.

                   ވީމާ، ޤަވާއިދާ ޚިލާފަށް އިޖުތިމާޢީ ސަރަހައްދުތަކާއި މަގުތަކުގައި ބެހެއްޓިފައި ހުރި ތަކެތި، މިއަދުން ފެށިގެން 15ދުވަސް ތެރޭގައި ނެންގެވުމަށް އެތަކެތީގެ ވެރިފަރާތްތަކަށް ދަންނަވަމެވެ. އަދި މިތަކެތި ނުނަންގަވާ ފަރާތްތަކާމެދު ޤަވަޢިދުން ފިޔަވަޅު އެޅޭނެ ވާހަކަވެސް ދެންނެވީމެވެ.

 

                    މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

03 މާރިޗު 2022
ހޯދާ