ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި އެކްސްޓާނަލް ޓްރެއިނަރުންގެ ގޮތުގައި ކިޔަވައިދޭނެ ބޭފުޅުންގެ ދަފްތަރެއް އެކުލަވައިލުން

ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި އެކްސްޓާނަލް ޓްރެއިނަރުންގެ ގޮތުގައި ކިޔަވައިދޭނެ ބޭފުޅުންގެ ދަފްތަރެއް އެކުލަވައިލުން

 ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުތަކުގައި ތިރީގައިވާ ދާއިރާތަކުން ކިޔަވައިދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

  1-   މެނޭޖްމަންޓް

  2-   ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް

  3-   ޕަބްލިކް އެޑްމިނިސްޓްރޭޝަން

  4-   ޕަބްލިކް ޕޮލިސީ

  5-   މީޑިއާ އެންޑް ޕްރެޒެންޓޭޝަން

  6-   ބިޒްނަސް އެޑްމިނިސްޓްރޭޝަން

  7-   އެންޓަރޕްރިނިއަރޝިޕް

  8-   ޕަރސަނަލް މެނޭޖްމަންޓް

  9-   އިންފޮމޭޝަން ޓެކްނޮލޮޖީ

  10-  ޕްރޮޖެކްޓް މެނޭޖްމަންޓް

  11-  ސައިކޮލޮޖީ

  12-  ސޮފްޓް ސްކިލްސް

  13-  ދިވެހި ބަސް

  14-  އިނގިރޭސި ބަސް

  15-  ޕަބްލިކް ރިލޭޝަންސް

  16-  ފައިނޭންސް 

  17-  އިންޓަރނަލް އޮޑިޓް

  18-  ގަވަރނަންސް

  19-  ކަސްޓަމަރ ސަރވިސް 

  20-  މީގެ އިތުރުންވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން އާއްމުކޮށްފައިވާ 2022 ވަނަ އަހަރުގެ ޓްރޭނިންގ ޑައިރެކްޓަރީގައި ހިމަނާފައިވާ ޕްރޮގްރާމްތައް (މި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ).

  https://www.csti.gov.mv/v2/uploads/link/pdf_1643010497.pdf)

ޝަރުތު:

 ޚިޔާރު ކުރައްވާ ދާއިރާއަކުން ދަށްވެގެން  ބެޗެލާރސް ޑިގުރީ ނުވަތަ ދާއިރާއިން ސަރޓިފައިޑް ލައިސަންސްއެއް ޙާޞިލްކޮށްފައިވުމާއެކު ކިޔަވައިދިނުން/ޓްރޭނިންގ ދިނުމުގެ ތަޖްރިބާ ލިބިފައިވުން  

މަސްޢޫލިއްޔަތު:

   1- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކަނޑައަޅާ ޓްރޭނިންގތައް ތާވަލުކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދިއުން

   2- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކަނޑައަޅާ ތާރީޚެއް/ތާރީޚުތަކެއްގައި ކަނޑައަޅާ ގޮތެއްގެމަތިން ކުރިއަށް ގެންދިއުން

އުޖޫރަ:

 ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ޓްރޭނިންގް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާނީ  ގަޑިއިރަކަށް 200 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އުޖޫރައެކެވެ.

ޓްރޭނަރސް ހޮވުމުގައި ބެލެވޭނެ މައިގަނޑު ބައިތައް:  

  -  ލިބިފައިވާ ތަޢުލީމް

  -  ކިޔަވައިދިނުމުގެ ތަޖްރިބާ

 އަތޮޅުތަކުގައި ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކަށް ޓްރެއިނަރުން ފޮނުވުމުގައި އެއަތޮޅެއްގެ ނުވަތަ އެއަތޮޅާއި ކައިރި އަތޮޅުތަކުގައި މަސައްކަތްކުރައްވާ ޓްރެއިނަރުންނަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  -  ފުރިހަމަ ކޮށްފައިވާ ފޯމް

  -  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

  -  ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު

  -  ތަޢުލީމީ ސެޓްފިކެޓްތަކުގެއާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓެޑް ކޮޕީސް

  -  ލިބިފައިވާ ޓްރޭނިންގ ހިންގުމުގެ ނުވަތަ ކިޔަވައިދިނުމުގެ ތަޖްރިބާގެ ލިޔުންތައް

ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް،  ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected]މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307376 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

03 މާރިޗު 2022
ހޯދާ