ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމާ ގުޅޭ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމާ ގުޅޭ.

 

  ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހެޅުމަށް 02 ޖެނުއަރީ 2022 އިން 20 ޖެނުއަރީ 2022 އަށް ހުޅުވާލެވުނު ފުރުޞަތުގައި ފޯމު ހުށަހެޅި ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިވެލުއޭޓް ކުރެއްވުމަށްފަހު އެކުލަވާލެއްވި ލިސްޓުގައިވާ ޝަރުތު ހަމަނުވާފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 08 މާރިޗް ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13.00އާ ހަމައަށް ހުޅުވާލަމެވެ. ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނުމަށް ޝަރުތު ހަމަނުވާކަމަށް ފާހަގަކުރައްވާފައިވާ ފަރާތްތައް މިޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

  ވީމާ، މަތީގައި ދެންނެވިފައިވާ ލިސްޓުގައި ހިމެނިފައިނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގައި ސިޓީއަކުން މިއިދާރާއަށް ޝަކުވާހުޅަހެޅުމަށް ދެންނެވީމެވެ. އަދި، މުއްދަތުގެ ފަހުން ލިބޭ އެއްވެސް ޝަކުވާއެއް ބަލައިނުގަންނާނެ ވާހަކަވެސް ދަންނަވަމެވެ.

 

ނޯޓް:ޝަކުވާގެ މުއްދަތުގައި ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް ބަލައިނުގަންނާނެއެވެ.

 

     މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

02 މާރިޗު 2022
ހޯދާ