މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޯނިޔާ ލާންޗުން ނަގާފައިވާ 200 ހޯސްޕަވަރގެ ޔަމަހާ ޓޫ ސްޓްރޯކް 01 އިންޖީނު ސިޓީ ލާ ނީލަމުގައި ވިއްކާލުން

             މިއިދާރާގެ ދޯނިޔާގެ ލާންޗުން ނަގާފައިވާ ޔަމަހާ ޓޫ ސްޓްރޯކް 200 ހޯސްޕަވަރ 1 އިންޖީނު، ސިޓީލާނީލަމުގައި ވިއްކާލުމަށް ކޮށްފައިވާ ނަންބަރު:(IUL)230-AHI/230/2021/42  ( 08 ޑިސެމްބަރ 2021 ) ގެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޡިލްކޮށް އަލުން ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ. 

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން 02 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 ގެ ކުރިން  އިންޖީނު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ.  އަގު ހަށަހަޅުއްވަންވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީ އުރައެއްގައި ބަންދު ކޮށްގެން ސިޓީއުރައިގެ ބޭރުގައި "200 ހޯސްޕަވަރގެ ޓޫ ސްޓްރޯކް 01 އިންޖީނުގެ ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔެ މިއިދާރާގެ ކައުންޓަރަށެވެ. ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

ކޮންމެ ދުވަހަކު މެންދުރުފަހު 13:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 14:00 ގައި މި އިދާރާގެ ނޯޓިސްބޯޑާއި ފޭސްބުކް ޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، އެ ފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ.

ސިޓީލާ ނީލަން ނަންބަރު: 2021/2

ނީލަން ފެށޭއަގު: 5,000.00 (ފަސްހާސް ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު:  ފަހަރަކު 500.00 (ފައްސަތޭކަ ރުފިޔާ)

             ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިންޖީނު ބަލާލުމުގެ އިންތިޒާމް 2022 މާރިޗް 02 ވަނަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09.00 ން މެންދުރުފަހު 13:00 އަށް މިއިދާރާގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.

             ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                28  ރަޖަބު  1443

01 މާރިޗު 2022
ހޯދާ