މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ މަސްޖިދުލް ޢަދާލާގެ އެތެރެއާއި ބޭރުގައި އަދި ޕާކުތަކާއި ފާޚާނާބަރިއާއި މުންނާރުގައި ކުލަ ލައިދޭނެ ފަރާތެއް ބޭނުންވެއްޖެ

(IUL)297-EP/297/2022/20ނަންބަރު

 

އިޢުލާން

 

މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ މަޢުލޫމާތާ އެއްގޮތަށް ނ.ވެލިދޫ މަސްޖިދުލް ޢަދާލާގެ އެތެރެ އާއި ބޭރު އަދި ޕާކުތަކާއި ފާހާނާ ބަރިއާއި މުންނާރުގައި ކުލަ ލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

   އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

 ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިއުލާނާއެކުގައިވާ މަޢުލޫމާތު ބެއްލެވުމަށްފަހު މިއިއުލާނާއެކުގައިވާ އަގުހުށަހަޅާ ފޯމް ފުރުއްވުމަށްފަހު 13 މާރޗް 2022 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މާކްސް ދެވޭނެގޮތުގެ ތަފްސީލް

ޕަސެންޓޭޖް

ޚިދުމަތުގެ އަގު

70%

މަސައްކަތުގެ ތަޖުރިބާ

15%

މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތު

15%

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

02 މާރިޗު 2022
ހޯދާ