ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އދ.މާމިގިލި)

މިކޯޕަރޭޝަންގެ އދ.މާމިގިލި ޕްރޮޖެކްޓް ސައިޓުގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: 

 އެސިސްޓެންޓް ވެލްޑަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3

އަސާސީ މުސާރަ:

 މަހަކު 4500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 1800.00 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އދ.މާމިގިލި ޕްރޮޖެކްޓް ސައިޓު

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 04 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅޭ ދާއިރާއަކުން 4-2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 ސައިޓުގެ މަސައްކަތަށް ބޭނުންވާ ވެލްޑިންގ އަދި މެކޭނިކަލްގެ އެންމެހާ މަސައްކަތްތައް އިސްވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

މަޤާމް:

 އެސިސްޓެންޓް ކާޕެންޓަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3

އަސާސީ މުސާރަ:

 މަހަކު 4500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 1800.00 ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އދ.މާމިގިލި ޕްރޮޖެކްޓް ސައިޓު

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅޭ ދާއިރާއަކުން 2-1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޭބަލް ޖަންކްޝަންތަކުގެ މޯލްޑް ހެދުން.

- ކޮންކްރީޓް ކީ ތައްޔާރުކުރުން.

- ކާސްޓިންގ ޔާޑު ހެދުމުގެ މަސައްކަތް ކުރުން.

- ސައިޓު ސެޓަޕް ހެދުމުގައި އެހީތެރިވުން.

- ކާޕެންޓްރީގެ މަސައްކަތުގެ ތާވަލު އެކުލަވައިލުމާއެކު އެއާއި އެއްގޮތަށް މަސައްކަތްކުރުން.

ސުންގަޑި:

- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 06 މާރިޗް 2022 ވާ އާދިއްތަ  ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތައުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

 މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، މާރިޗް މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                       28 ރަޖަބް  1443   

01 މާރިޗު 2022
ހޯދާ